އެންމެ ފުރަތަމަ ދެކެވުނީ، ފޭސްބުކް ޕޯސްޓް ތަކަށް، "ލަވް، ވާއު، ސޭޑް ނުވަތަ އެންގްރީ" ރިއެކްޓް ކުރެވެން އޮއްވާ "ލައިކް" ދިނުމުން އެމީހަކު އެ އަންނަ ރުޅިއަކާއި ފޫއްސެއްގެ ވާހަކައެވެ. ނަމަވެސް މިހާރު މީހަކު ޕޯސްޓެއް ކުރާއިރަށް އެހެން މީހަކު އެޔަށް ރިއެކްޓް ނުކޮށް ޕޯސްޓް ޝެއާރ ކުރާ ޝަކުވާ މިވަނީ މީސްމީޑިއާގައި ވަރަށް ބޮޑު ވެފައެވެ.
މީސްމީޑިއާ ބޭނުންކުރާ މީހުން މިހާރު އެންމެ ޝައުގުވެރިކަމާއެކު ކުރާ ކަމަކަށް، "މީމްސް" ހެދުމާއި އެ އެއްޗެހި ޝެއާ ކުރުން ހިމެނޭނެއެވެ. މިގޮތަށް މީހަކު ފެސްބުކްގައި ޝެއަރ ކުރާ މަޖާ މީމްއެއް ނުވަތަ ވީޑިއޯއެއް އެހެންމީހަކު ރިއެކްޓް ނުކޮށް ޝެއަރ ކޮށްފިނަމަ އަންފްރެންޑް ކުރާނެކަމުގެ އިންޒާރުވެސް ފޭސްބުކްގެ ޒަރިއްޔާއިން މީހުން ދަނީ ދެމުންނެވެ.
ހާއްސަކޮށް އަންހެންކުދިން މި ޝަކުވާ ޝޯޝަލް މީޑިއާގައި ކުރަމުންދާއިރު، މި ކުދިން ބުނަނީ، އަމިއްލައަށް ޝެއާރ ކުރާ ޕޯސްޓުތަކަށް ރިއެކްޓް ނުކެރެވޭ ކަމުގައިވަނީނަމަ އެ ޕޯސްޓް ޝެއާރ ވެސް ނުކުރާނީ ކަމުގައެވެ.
މިގޮތަށް ދިވެހިންގެ ވިސްނުން ހުރިއިރު، ފޭސްބުކްގައި މިގޮތަށް ޝެއާރ ކުރާ ޕޯސްޓުތަކުގައި ރިއެކްޓް ކުރުމަށްފަހު ޝެއާރ ކުރުމަށް އަންގާ ވެސް ޕޯސްޓުތައް ހިއްސާކުރެއެވެ. ނަމަވެސް މިކަމާ ދެކޮޅު ފަރާތްތައް ބުނަނީ، މީހަކު ކުރާ ޕޯސްޓްތައް ޝެއާރކޮށް ރިއެކްޓް ކުރާކަން ކޮންމެހެން ނުޖެހޭކަމަށެވެ.
ފޭސްބުކް ފަޅުފިލުވައިދިނުމަށް ދިވެހިންގެ ތެރޭގައިވެސް "މީމް" ޕޭޖްތަކާއި، މަޖާ ވީޑިއޯ ހަދާ ފަރާތްތައް މިހާރު ގިނަވަމުން އަންއިރު ބައެއް ދިވެހިން މި ގެންގުޅޭ "ރިއެކްޓް އެންޑް ޝެއާރ" ގެ ކޫސަނި އުސޫލު ތިގެންގުޅެނީ އަޅެ ފަހެ ކީއްވެގެން ހެއްޔެވެ؟





ހިޔާލު
Kae men ah hama react kollaafa dhevidhaanun