ފޮޓޯ: ސަން އޮންލައިން

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކަނޑާލަނީ!

މާދަމާ ހެނދުނު ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިއން ބުނީ، އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 09/07/2021 ވާ ހުކުރު ދުވަހުގެ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ނަމަވެސް ކަރަންޓު ކަނޑާލަނީ ސީދާ ކޮންކޮން ސަރަޙައްދުންކަމެއް ސްޓެލްކޯޯއިން ހާމަކޮށްފައެއް ނުވެއެވެ.

ކަރަންޓު ކަނޑާލަން ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 7:00 އިން 9:00 އަށެވެ.

އަދި މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދެވިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިންވަނީ މިކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ