ރިތިކް އާއި ސައިފް ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން!

ބޮލީވުޑްގެ ސުޕަސްޓާރުން ކަމުގައިވާ ރިތިކް ރޯޝަން އާއި ސައިފް އަލީ ހާން ފުރަތަމަ ފަހަރަށް އެކުގައި ބޮޑު ސްކްރީނުން ފެންނަށް ތައްޔާރުވެއްޖެއެވެ.

މި ދެތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމަކީ، ތަމިލް ފިލްމް، "ވިކްރަމް ވެދާ" ގެ ހިންދީ ރީމޭކް އިންނެވެ. މި ހަބަރު އިއުލާންކޮށް ޓްރޭޑް އެނަލިސްޓް ތަރަން ބުނީ، މި ފިލްމްގެ ޕްރީ ޕްރޮޑަކްޝަން މީގެ ކުރިން ފަށައިފައިވާ ކަމަށާއި، ފިލްމް އަންނަ ސެޕްޓެމްބަރު މަހުގެ 30 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފިލްމްގެ ހިންދީ ރީމޭކްގައިވެސ ްހަރަކާތްތެރިވަނީ، ތަމިލް ފިލްމްގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރ އެވެ. މި ފިލްމްގައި ކިޔައިދެނީ، ފުލުހަކާއި ގޭންގްސްޓާއެއްގެ ވާހަކައެވެ.

2017 ވަނަ އަހަރު ރިލީޒްކުރި "ވިކްރަމް ވެދާ"ގެ ތަމިލް ފިލްމްގައި ފެނިގެންދިޔަ ކާސްޓުންނަކީ، އެކްޓަރު އާރު މަދަވަން އާއި ވިޖޭ ސެތުޕަތީ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ