"ލޯކީ"ގެ ދެވަނަ ސީޒަނެއް!

މާވެލްއިން މިހާރު ސްޓްރީމްކޮށް ނިއްމާފައިވާ "ލޯކީ"ގެ ދެވަނަ ސީޒަނެއް އެނބުރި އަންނާނެ ކަން މިހާރު ވަނީ ހާމަކޮށްފައެވެ.

'ލޯކީ"ގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑު މިދިޔަ ބުދަ ދުވަހު ރިލީޒްކުރިއިރު، ދެވަނަ ސީޒަނެއް ގެނެސްދިނުމަށް ނިއްމުން ވެގެންދިޔައީ ފޭނުންނަށްވެސް ލިބުނު ބޮޑު ސަޕްރައިޒް އަކަށެވެ. މީގެ ކުރިން މާވެލް "ފޭސް 4"ގެ ދެ ވެބް ސީރީޒެއް ގެނެސްދިންއިރު، މި ދެ ސީރިޒްވެސް ފުރަތަމަ ސީޒަނުން ވަނީ ނިމިފައެވެ.

"ލޯކީ"ގެ ފުރަތަމަ ސީޒަންގައި ދައްކާފައިވަނީ 6 އެޕިސޯޑެވެ. ދެވަނަ ސީޒަން ގެނެސްދޭން ނިއްމާފައިވާއިރު، މި ސީރީޒްގެ ވާހަކަ ވެގެންގޮސްފައިވަނީ މާވެލް ސިނަމެޓިކް ޔުނިވާސްއަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ޕްލޮޓަކަށެވެ.

މާވެލް ސިނަމެޓިކް ޔުނިވާސްގެ "ލޯކީ" އިން ފެނިގެންދަނީ ކުރިންވެސް މި ކެރެކްޓަރ އަދާކުރި އެކްޓަރު  ޓޮމް ހިޑްލްސްޓަން އެވެ. މި ކެރެކްޓަރއަކީ ގިނަ ބައެއްގެ ފޭވަރިޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ