ފްލައިމީ ދަތުރުވެރިންނަށް މިފަހަރުވެސް "ޢީދު ސަޕްރައިޒް"!

އަޟްޙާ އީދު މިއޮތީ އަޅުގަނޑުމެންނާއި އައިސް ކުރިމަތިލައިފައެވެ. މިއަހަރުގެ ބޮޑު އީދުވެސް މުސްލިމުންނާ ކުރިމަތިލާފައި މިވަނީ މުޅި ދުނިޔެ އަދިވެސް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވައެވެ. ނަމަވެސް ކުރީ އަހަރުގެ ބޮޑު އީދާއި ހިލާފަށް މިއަހަރުގެ އީދު ރާއްޖޭގައި އެހާ ފަޅެއް ނުވާނެއެވެ. ސަބަބަކީ ގާތްގަނޑަކަށް ދެ އަހަރުފަހުން، މާލޭގައި ތާށިވެފައި ތިބި މީހުންނަށް އެމީހުންގެ ރަށަށް، އާއިލާ އާއި ރައްޓެހިންގެ ގާތަށް ދަތުރުކޮށްލުމުގެ ފުރުސަތު މިފަހަރު ގިނަ ބަޔަކަށް ލިބިގެންދާތީއެވެ. އެއާއެކު މާދަމާ ރަށަށް ދިއުމަށް މިހާރުންފެށިގެން ދަތުރު ހަދާ، ގިނަ ބަޔަކު ހުރީ ފުރަން ތައްޔާރަށެވެ.

އީދާއި ގުޅުވައިގެން މިފަހަރު މާބޮޑު ކުޅިވަރުގެ ހަރަކާތެއް ނެތްނަމަވެސް، ރާއްޖޭގެ މަޝްހޫރު ޕްރައިވޭޓް އެއާލައިން ކަމަށްވާ ފްލައިމީ އިން ދަތުރުވެރިންނަށް މިފަހަރުވެސް އީދާއި ގުޅުވައިގެން ސްޕްރައިޒް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރުގެ އަޟްޙާ ޢީދާއި ދިމާކޮށްވެސް އެ އެއާލައިން އިން ވަނީ ދަތުރުވެރިންނަށް ވަރަށް ތަފާތުގޮތަކަށް ސަޕްރައިޒް ދީފައެވެ. އެގޮތުން އީދު ދުވަހާއި ގުޅުވައިގެން ފަސެންޖަރުންނަށް އީދު ހަދިޔާތަކެއްދީ ވަނީ ސަޕްރައިޒް ކޮށްލައިފައެވެ. އަދި އީދު ހަދިޔާތަކާއެކު އެދުވަހު ފްލައިމީގެ ފަސެންޖަރުންނަށް ހޫނު މަރުހަބާ ކިޔާފައިވަނީ، ކްރޫއިން ދިވެހި ހެދުމުގައި ތިބެއެވެ. އެގޮތުން އަންހެން ކްރޫން ތިބީ ދިވެހި ވަންތަ ދިގު ހެދުމުގަ އާއި، ދިވެހި ލިބާހުގައެވެ.

މާދަމާ ފާހަގަކުރާ ބޮޑު އީދާއި ގުޅުވައިގެންވެސް ފްލައިމީގެ ޓީމުން ދަތުުރުވެރިންނަށް ސަޕްރައިޒް ދޭނެކަމަށް މިކަމުގައި ހަރަކާތްތެރިވާ ފްލައިމީގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން މާދަމާ ފްލައިމީއިން ކޮންމެ ފަސެންޖަރަކަށްވެސް އީދު ހަދިޔާ ބަހާ، ސަޕްރައިޒް ދޭނެއެވެ.

ފްލައިމީއިން މާދަމާ ދަތުރުވެރިންނާއެކު އީދު ފާހަގަކުރާއިރު، އަންނަ އޮކްޓޯބަރު މަހު އެ އެއާލައިން އިން ޑޮމެސްޓިކް ދަތުރުތައް ފަށާ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަތާ 10 އަހަރު ފުރޭނެއެވެ.

ފްލައިމީ އިން ބުނީ، 10 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް އޮތް މިނިވަންދުވަހާއި އަދި ހާއްސަ މުނާސަބާތަކުގައި އެކަން ފާހަގަކުރުމަށް ހަރަކާތްތައް ބާއްވާ ސްޕްރައިޒްތައް ދެމުން އަންނާނެ ކަމަށެވެ.

މީގެ ނުވަ އަހަރު ކުރިން ހިދުމަތަށް ނުކުތް ފްލައިމީއިން މިހާރު ދަތުރުކުރަމުން އަންނަނީ ދަރަވަންދޫ އަށާއި، މާމިގިއްޔަށެވެ. އަދި މިދިޔަ އަހަރު އިންޓަނޭޝަލް ފްލައިޓްތައްވެސް އެ އެއާލައިން އިން ވަނީ ފަށައިފައެވެ. މި އެއާލައިން ފާހަގަކުރެވިފައިވަނީ ދިވެހިންގެ އިތުބާރު ހޯދައިފައިވާ އަދި ފުރިހަމަ ހިދުމަތްތަކެއް ދެމުން އަންނަ އެއާލައިންއެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ