ބޮލީވުޑްގެ ކުރީގެ ބަތަލާ ޖިއާ ހާންގެ މަރުގެ މައްސަލަ 8 އަހަރު ފަހުން ސީބީއައި ކޯޓަކުން އަލުން ބަލަން ފަށައިފިއެވެ.
2013 ވަނަ އަހަރު ޖިއާ ހާން މަރުވެފައި ހުއްޓާ ފެނުނީ ދަންޖެހިފައި ހުއްޓައެވެ. ޖިއާ މަރުވިއިރު އޭނަގެ އުމުރަކީ 25 އަހަރެވެ. ޖިއާގެ މަރާއި ގުޅިގެން އޭރު އޭނަގެ ލޯބިވެރިޔާ، ސޫރަޖް ޕަންޗޯލީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރިއިރު، ޖިއާ މަރުވީ އަމިއްލައަށް ނޫންކަމަށް ބެލެވި މައްސަލަ ވަނީ އޭރުވެސް ސީބީއައި އިން ބަލައިފައެވެ.
މި މައްސަލައިގައި ސޫރަޖް ހައްޔަރުކުރިނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލައިފައެވެ. "ހީރޯ" ފިލްމުން ބޮލީވުޑަށް ނުކުތް ސޫރަޖް އަށް ޖިއާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވުނީ، އޭނާ މަރުވުމުގެ ކުރިން ލިޔެފައިވާ ސިޓީއެއްގައި ސޫރަޖްގެ ނަން އައިސްފައި އޮތުމުންނެވެ. އެ ސިޓީގައި ޖިއާ އާއި ސޫރަޖްގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅުނުކަމަށް ލިޔެފައިވެއެވެ.
ޖިއާ ދަންޖެހިފައި ހުއްޓާ ފެނުނީ ޖިއާގެ ކޮޓަރިން، އޭނަގެ މަންމަ ރާބިއާ ޚާން އަށެވެ. މިދިޔަ އަހަރު އަމިއްލަ އަށް މަރުވި ކަމަށް ބެލެވޭ ބޮލީވުޑްގެ ތަރި ސުޝާންތްގެ މަރާއެކު، ރާބިއާ ވަނީ އަލުން ޖިއާގެ މަރާއި ގުޅޭ ގޮތުން ވާހަކަ ދައްކާ އަދިވެސް އިންސާފު ނުލިބޭ ކަމަށް ބުނެފައެވެ.
ޖިއާ ހާންގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އާމިރު ހާން އާއެކު ފެނިގެންދިޔަ ފިލްމް "ގަޖްނީ" އެވެ.



