ރާނީ އެލިޒެބަތްގެ ރޯލު ދެން ކުޅޭނީ އިމޭލްޑާ ސްޓޯންޓަން!

ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ ހިޓް ޝޯ "ދަ ކްރައުން"ގެ ފަސްވަނަ ސީޒަންގެ އިންތިޒާރުގައި ފޭނުން ތިބިއިރު، ސީޒަން ފަހެއްގައި ރާނީ އެލިޒެބަތް II ގެ ރޯލުން ފެނިގެންދާނެ ބަތަލާ ގެ ފަސްޓް ލުކް މި ވަނީ ދައްކާލައިފައެވެ.

ކުއީން އެލިޒެބަތްގެ ރޯލު ދެން ކުޅޭނީ "ހެރީ ޕޮޓާ" ފިލްމްތަކުގައި "ޑޮލޯރިސް އަމްބްރިޖް" ގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް އިމޭލްޑާ ސްޓޯންޓަން އެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ވާހަކަ ކިޔައިދެމުން އަންނަ "ދަ ކްރައިން" އަކީ ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީޒެވެ. މި ސީރީޒްގެ ވާހަކަ ކުއީން އެލިޒެބަތް II ގެ ބައްޕަ، ކިންގް ޖޯޖް VI ގެ މަރުވުމުން، އެލިޒެބެތް ޝާހީގެ ރަސްކަމަށް އަރާ ހިސާބުން ފެށިގެން އަންނައިރު، މިދިޔަ ސީޒަންތަކުގައި ރާނީ ގެ ރޯލު ދެ އެކްޓްރެސް އެއް ވަނީ އަދާކޮށްފައެވެ.

އެއ "ދަ ކްރައުންގެ" ފުރަތަމަ ސީޒަނާއި ދެވަނަ ސީޒަންގައި ރާނީގެ ޒުވާންދުވަސްވަރުގެ ރޯލު ކުޅެގެން އެމީ އެވޯޑްސް ހޯދައިފައިވާ ކްލެއަރ ފޯއި އާއި، އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އޮލިވިއާ ކޯލްމަން އެވެ. އޮލިވިއާ މި ރޯލު އަދާކުރީ ސީޒަން 3 އަދި 4 ގައެވެ.

ސީޒަން 5 ގައި ރާނީގެ ރޯލުން ފެނިގެންދާނީ އެކްޓްރެސް އިމޭލްޑާ ސްޓޯންޓަން ނެޓްފްލިކްސް އިން އިއުލާންކޮށްފައިވާއިރު، ރާނީގެ ރޯލުން އެ އެކްޓްރެސް ފެނިގެންދާނެ ގޮތްވެސް މިހާރު ވަނީ ދައްކާލައިފައެވެ.

ނިމިދިޔަ ސީޒަން 4 ގައި ސީރީޒްގެ ވާހަކަ ބޮޑަށް އަމާޒުކޮށްފައި އޮތީ، ޕްރިންސަސް ޑަޔާނާ ހަޔާތުގެ ވާހަކަ އަށެވެ. ބެލެވޭ ގޮތުގައި ސީޒަން 5 ގައި ދައްކައިދޭނީ ޑަޔާނާ އާއި ޕްރިންސް ޗާލްސް ގެ ވަކިވުމާއި އަދި ޕްރިންސަސް ޑަޔާނާގެ މަރުގެ ވާހަކައެވެ. އެހެންކަމުން ފޭނުން ތިބީ މި ސީޒަންގެ އިންތިޒާރުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ