މަނީ ހައިސްޓް ސީޒަން 05 ގެ ޓްރެއިލާ ދައްކާލައިފި

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ނެޓްފްލިކްސްގެ މަޝްހޫރު ސްޕެނިޝް ސީރީޒް "ލަކާސާ ދީ ޕަޕޭލް" ނުވަތަ "މަނީ ހައިސްޓް" ސީޒަން 5 ވޮލިއުމް 01 ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ދިވެހިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް ސީރީޒް، މަނީ ހައިސްޓްގެ ފަސްވަނަ ސީޒަނަކީ މި ސީރީޒްގެ އެންމެ ފަހު ސީޒަނެވެ. މި ސީޒަންގެ ވޮލިއުމް 01 ސެޕްޓެމްބަރު މަހުގެ 03 ވާ ހުކުރު ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނެއެވެ. ވޮލިއުމް 01 ގައި ހިމެނޭނީ ޖުމްލަ ފަސް އެޕިސޯޑެވެ.

މަނީ ހައިސްޓް ސީޒަން 5 ގެ ވޮލިއުމް 02 ސްޓރީމް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހުން ފެށިގެންނެވެ.

މަނީ ހައިސްޓް ސީޒަން 5 ގެ ވޮލިއުމް 01 ގެ ޓްރެއިލާއިން ޝައުގުވެރި އެތައް މަންޒަރުތަކެެއް ފެނިގެންދާއިރު، ފަހު ސީޒަންއަށްް ފޭނުން ކުރާ އިންތިޒާރީއަށް ނިމުން އަންނަ އޮތީ ދެން އެއް މަހެއްހާ ދުވަހެވެ.

މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް އާއްމުންގެ މެދުގައި މަޝްހޫރުވެފައި ވަނީ ނެޓްފްލިކްސް އަށް ސީރީޒް އައުމާއެކުއެވެ. އަދި މިއީ މިހާތަނަށް ނެޓްފްލްކްސްގައި ދެއްކި އެންމެ ކާމިޔާބު އެއް ސްޕެނިޝް ސީރީޒްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ