ހިރިމަރަދޫ ސްކޫލް- ފޮޓޯ: ފޭސްބުކް

ހިރިމަރަދޫ ސްކޫލަށް އެއްވެސް ދަރިވަރަކު ނުފޮނުވަން ބެލެނިވެރިން ނިންމައިފި

ގިނަ ކަންބޮޑުވުންތަކަކާއެކު ހދ. ހިރިމަރަދޫ ސްކޫލުގެ އެއްވެސް ދަރިވަރަކު މިއަދު ސްކޫލަށް ނުފޮނުވަން އެކުދިންގެ ބެލެނިވެރިން ނިންމައިފިއެވެ.

ހިރިމަރަދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝަރީފް މި ނޫހަށް ވިދާޅުވީ، މިއަދު ސްކޫލުގެ އެއްވެސް ދަރިވަރަކު ސްކޫލަށް ނުފޮނުވަން އެ ރަށު ބެލެނިވެރިން ނިންމައިފައިވާ ކަމަށާއި، އެހެން ކަމުން މިއަދު އެ ރަށު ސްކޫލް ނުހުޅުވާ ކަމަށެވެ. ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމީ ކުދިންގެ ކިޔެވުމާއި ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް މިވަގުތަށް ހުރީމާ ކަމަށެވެ.

އަހުމަދު ޝަރީފް ވިދާޅުވީ، މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ރަށު އެއްވެސް ގްރޭޑެއްގެ ދަރިވަރުންގެ ފޮތްބައި ހަމަނުވާ ކަމަށާއި އަދި އެ ރަށު ސްކޫލަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުންވެސް ހަމަނޫންކަމަށެވެ. އަދި އެ ރަށު ޕްރިންސިޕަލަށް ރަށު ސްކޫލުގައި ހުރި ގިނަ މައްސަލަތަކަކަށް ހައްލު ނުހޯދުމުގެ ސަބަބުން، ދަރިވަރުން މިވަގުތަށް ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމީ ކަމަށް ކައުންސިލުގެ ނައިބު ވިދާޅުވިއެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކިޔެވުން ފެށޭއިރު އެއްވެސް ދަރިވަރަކަށް ޓެކްސްޓް ފޮތްތައް ނުލިބި ނުހުންނާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ފަހަރު މި އަހަރު ގްރޭޑް 9 އަދި 11 ގެ ދަރިވަރުންނަށް ކިޔަވައިދޭނީ ޓެކްސްޓް ފޮތްތައް ޓެބްލެޓުން ބޭނުންކުރާ ގޮތަށްކަމަށާއި، ދިރާސީ އަހަރު ފެށުމުގެ ކުރިން ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރިކަމަށެވެ. އެގޮތުން ޓެކްސްޓް ފޮތްތަކުގެ ހާޑްކޮޕީ ނުލިބޭ ދަރިވަރުންނަށް ސޮފްޓްކޮޕީ މިހާރު ދީފައިވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެރަށުގައި އެއްވެސް ގްރޭޑެއްގެ ފޮތްތައް ހަމަނުވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ސްކޫލުގެ ޕްރިންސިޕަލް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. އަދި ދިރާސީ އާއަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށްވެސް ޝަރީފް ފާހަގަކުރިއެވެ.

ނަމަވެސް ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިން ނިންމި ހިސާބުން ބެލެނިވެރިންނާއި ޓީޗަރުންނާއި ބައްދަލުކުރުމަށް އިއްޔެ މަސައްކަތް ކުރި މައުލޫމާތު ލިބުނު ކަމަށެވެ. ނަމަވެސް އިއްޔެ އަކީ ސަރުކާރު ބަންދު ދުވަހެއްކަން ޝަރީފް ފާހަގަކުރިއެވެ.

ޝްރީފް ވިދާޅުވީ، ސްކޫލުގެ ކިޔެވުން ފެށޭއިރު ބޭނުންވާ ބޭރު ޓީޗަރުންވެސް ހަމަ ނުވާ ކަމަށާއި، ބައެއް ޓީޗަރުން އަދިވެސް ތިބީ ކަރަންޓީނުގައި ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ސްކޫލުގައި މިވަގުތު ތިބި ދުވަސްވީ ޓީޗަރުންނަށް ދަރިވަރުންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނުނެރެވި، ދަރިވަރުންނަށް އެއްވެސް ކުރިއެރުމެއް ނުނެރެވުމަކީވެސް ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
71211
ގުޅުންހުރި ލިޔުންތައް

5 Responses

  1. މީހެއް

    ތިރަށުކިއުން ސިލުންބަލައް ޖެހޭނީހަމަ އެކަނި ބަދަރުގެ ކަންތައް މީވަރައްވާހަކަ

  2. ޒިކް

    ތިޔަ ރަށުން ބަދަލުވެބަލަ އާބާދީ ބޮޑު އެއްފަސްުރެވޭ ރަށަކަށް.. ތިޔައީ 3 ބޯ އުޅޭތަނެއް.. މާލެއަށްވެސް ފިތްބައި ހަމަނުވެގެން އުޅެނީ ކަންބޮޑުވުން އެބަހުރި.. ލަދުގަނެބަލަ ބޮޑާ ހާކަން.. ދެން ދަތިންނަށް ދަސްވާނި ކޮންކަމެއް

  3. Hussain

    ސަރުކާރައް ދެރައެއް ނުވާނެ އެކުދިން ސްކޫލަށް ނުފޮނުވީމައެއް

    2
    8
  4. ާައަމޫ

    ފުރަތަމަ ދުވަހު ހުރިހާ މޮޅެއް ނުލިބޭނެދޯ.ކެއްތެރިވާން ދަސްކުރޭ

    10
    3
    • އަހަރެން

      އެހެން ވިއްޔާ މިނިސް ޓާރ ވެސް އެހެން ނުބުނާނީ ހުރިހާ ދަރިވަރުންނަށް ފޮތް ލިބިފައޭ ހުންނާނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ