ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ބޮލީވުޑްގެ ހޮރޯ-ކޮމެޑީ ފިލްމް "ބޫތް ޕޮލިސް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ބިރުވެރި މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމްގައި ވަރުގަދަ ކާސްޓެއް ހިމެނޭއިރު، މި ފިލްމް ޑައިރެކްޓު ކުރަނީ ޕަވަން ކިރްޕަލާނީ އެވެ.
ސައިފް އަލީ ހާން އާއި އަރުޖުން ކަޕޫރު އެކުގައި ފުރަތަމަ ފެނިގެންދާ މި ފިލްމްގެ، އަންހެން ކާސްޓުގައި ހިމެނެނީ ޖެކަލީން ފާނަންޑޭޒް އާއި ޔާމީ ގޮތަމް އެވެ. މިއީ ޖެކަލީން އާއި ޔާމީ ވެސް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.
"ބޫތް ޕޮލިސް"ގެ ޓްރެއިލާ އިއްޔެ ރިލީޒްކުރިއިރު، ޓްރެއިލާއިން ޝައުގުވެރި އަދި ހެއްވާ މަަޖާ މަންޒަރުތައް ފެނިގެންދެއެވެ. އަދި އޭގެ އިތުރުން ބިރުވެރި މަންޒަރުތައްވެސް އެކުލެވެއެވެ.
ތިއޭޓާތަކުގައި އަޅުވަން ފުރަތަމަ ތާވަލުކުރި މި ފިލްމް، ރިލީޒްކުރާނީ ޑިޖިޓަލް ޕްލެޓްފޯމްގައެވެ. އެގޮތުން މި ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާގައެވެ.




