ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ރާއްޖެއިން ކޮވިޑް ބަލީގައި މީހަކު ނިޔާވެފައި މިވަނީ އެންމެ ފަހުން ރާއްޖެއިން މި ބަލީގައި މީހަކު ނިޔާވިތާ 19 ދުވަސްފަހުންނެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 75 އަހަރުގެ އަންހެނަކު މިއަދު 11:20 ގައި ކޮވިޑް ބަލީގައި ނިޔާވެފައިވާކަމަށެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 223 ވަނަ މީހާއެވެ. އަދި މިއީ މި މަހުގެ 3 ވަނަ ދުވަހު ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 94 އަހަރު މީހާ ކޮވިޑް ބަލީގައި ނިޔާވި ފަހުން މި ބަލީގައި ރާއްޖެއިން ނިޔާވި ފުރަމަ މީހާއެވެ.
ރާއްޖެއިން ކޮވިޑް-19 ބަލީގައި މިއަހަރު ތެރޭ އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ މެއި މަހުގެ ތެރޭގައެވެ.
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަށް އަޅައިފައިވާ ހަރުކަށި ފިޔަވަޅުތައް ނިމުމަކަށް ގެނެސް، އާންމު ހާލަތަކަށް އާދެވިފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގައި ކޮވިޑް އިން ދިފާއުވުަމށް ޖަހާ ވެކްސިން ރައްޔިތުންނަށް ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ.
އެއާއެކު މިހާރު މުޅި ރާއްޖެއިން 24 ގަޑިއިރުތެރޭ ބައްޔަށް ޕޮޒިޓިވްވަނީ ސަތާކަ އެއްހާ މީހުންނެވެ.



