"ކޭ.ޖީ.އެފް: ޗެޕްޓާ 2" ރިލީޒްްކުރުން އަންނަ އަހަރަށް!

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ކަންނާޑާ އެކްޓަރ ޔާޝް ލީޑު ރޯލު ކުޅެފައިވާ އަދި ދެވަނަ ބައިން ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން ވެސް މުހިއްމު ރޯލަކުން ފެނިގެންދާނެ މި ފިލްމްގެ ދެވަނަ ބައި ރިލީޒްކުރުން ފަސްކޮށްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ހުރި ހުރަސްތަކާއި ހެދި ފިލްމް އެޅުވުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައި އޮތުމަށްފަހުއެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ މިއަހަރުގެ ޖުލައި 16 ގައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ހުރި ހުރަސްތަކާއި ހެދި ފިލްމް އެޅުވުން ފަސްކުރުމަށްފަހު، އެންމެ ފަހުން ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރީލް 14 ގައި ކަމަށް މި ފިލްމްގެ ޓީމުން ވަނީ މިދިޔަ އާދިއްތަ ދުވަހު ހާމަކޮށްފައެވެ.

ޕަރަޝާންތް ނީލް ޑައިރެކްޓް ކުރާ މި ފިލްމްގެ ދެވަނަ ބައިގެ މުހިއްމު ރޯލަކުން ބޮލީވުޑްގެ އެކްޓަރ ސަންޖޭ ދަތްވެސް ފެނިގެންދާނެއެވެ.

'ކޭޖީއެފް: ޗެޕްޓާ 2' އަކީ 2018 ވަނަ އަހަރުގެ ނުކުތް 'ކޭޖީއެފް: ޗެޕްޓާ 1' ގެ ސީކުއަލް އެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ބޮޑު ހިޓަކަށެވެ.

މި ފިލްމްގައި ޔާޝް ފުރަތަމަ އަދާކޮށްފައިވާ ވަރުގަދަ ރޯލުން ދެވަނަ ބައިގައިވެސް ފެނިގެންދާއިރު، ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ތަރިންނަކީ ރަވީނާ އާއި ސަންޖޭ ދަތް އެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.

ފިލްމްގެ ދެވަނަ ބައިގެ ޓީޒާއެއްވެސް މިހާރު ދައްކާލައިފައިވާއިރު، މި ކުޑަ ޓީޒާއަށް 200 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ