ގިނަ ބައެއްގެ ސަމާލުކަމާއި މަޤުބޫލުކަން ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝިފާ ބުރުގާ ނަގި ހަބަރާއެކު ގިނަ ދިވެހިންނަށް ލިބުނީ ޝޮކެކެވެ. ބުރުގާ އެޅުމަށްފަހު ބުރުގާ ބޭލި ދެވަނަ ފަހަރަކަމުން ގިނަ ބަޔަކަށް އެކަން ޤަބޫލުކުރަންވެސް ދަތިވީއެވެ. އަދި ޝިފާ ދެވަނަ ފަހަރަށް ބުރުގާ ނަގައިފައި މިވަނީ ބުރުގާ އެޅިތާ މަހެއްހާ ދުވަސްތެރޭގައެވެ.
މި ސަބަބުތަކާއި ހުރެ ޝިފާ ބުރުގާ ނެގުމުން ގިނަ ބަޔަކު އެކަމާއި ޖޯކު ޖަހާ ފާޑުކިޔަމުން އަންނައިރު، ޝިފާ ބުނީ ބުރުގާ އެޅުމަށްފަހު ދެވަނަ ފަހަރަށް ބުރުގާ ބޭލަން ޖެހުމުން އެ ކުރެވުނީ މާ ރަނގަޅުކަމެއް ނޫންކަން އެނގޭ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އަދި ބުރުގާ އަޅާނެ ކަމަށާއި، އަދި ދެން ބުރުގާ އަޅާނީ "ޕާމެނެންޓް" ކޮށް ކަމަށް ޝިފާ ބުނެފިއެވެ.
މީގެ ދެ ދުވަސް ކުރިން ޝިފާ ބުރުގާ ނެގިކަން ހާމަކޮށްފައިވަނީ، "ސަންގު އީ" އިން ގެނެސްދޭ "ޓިއުސްޑޭ ނައިޓް ވިތް ޝިފާ" ޕްރޮގްރާމްގެ ޓްރެއިލާގައެވެ. އަދި މިއީ ޝިފާ ބުރުގާ ނެގުމަށްފަހު ގެނެސްދިން އެ ޝޯގެ ފުރަތަމަ ޕްރޮގްރާމެވެ.
ބެލުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްދިޔަ ރޭގެ މި ޕްރޮގްރާމްގައި ބުރިގާ ބޭލި ސަބަބާއި ގުޅޭގޮތުން ބެލުންތެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ޝިފާ ބުނީ، ބުރުގާ އަޅައިގެން މިވަގުތުގެ ގޮތުން ބައެއް ކަންތައްތަކުގައި ވަރަށް އުނދަގޫވާ ކަމަށެވެ. އެހެންކަމުން ވަރަށް ގިނަ ސަބަބުތަކާއި ހުރެ ބުރުގާ ނެގީ ކަމަށެވެ.
ޝިފާ ބުނީ ބުރުގާ ނެގީ އެއްވެސް ވަރަކަށް ނަގާ ހިތަކުން ނޫންކަމަށާއި، ބުރުގާ ނަގަން ޖެހުމުން ވަރަށް ދެރަވި ކަމަށެވެ.
".....ހަމަ ހިތައް އެރީމަވެސް ވަރަށް ދެރަވި، އެނގޭ ހަމަ މާރަނގަޅުކަމެއް ނޫންކަން މި ކުރެވުނީ އަޅާފައި ނަގަން ޖެހުނީމަ" ޝިފާ ބުންޏެވެ.
ނަމަވެސް ޝިފާ ބުނީ ކޮންމެވެސް ދުވަހަކުން އަދި ބުރުގާ އަޅާނެ ކަމަށާއި، އަދި ދެން ބުރުގާ އަޅާނީ "ޕާމެނެންޓް" ކޮށް ކަމަށެވެ. އަދި އިތުރު ގޮތަކަށް ދެން ބުރުގާ ނާޅާނެ ކަމަށް ޝިފާ ބުނެފައި ވެއެވެ.
ޓިކްޓޮކް އިން އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދި، ޝިފާ ބުރުގާ ބޭލި މިއީ ދެވަނަ ފަހަރެވެ. ޓިކްޓޮކަށާއި ފިލްމީދާއިރާއަށް ނުކުމެ އާއްމުންގެ ތެރެއަށް މަޝްހޫރުވުމުގެ ކުރިން، މޯލްޑިވިއަން އައިޑަލްގައިވެސް ބައިވެރިވެފައިވާ ޝިފާ އޭރު ފެނިގެންދިޔަ އިރު ހުރީ ބުރުގާ އަޅައިގެންނެވެ.
ފިލްމީ ދާއިރާއަށް ނިކުތްތާ ކުޑަ ދުވަސްކޮޅެއްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައިވާ މި ތަރިއަކީ، ފިލްމްތަކާއި، ލަވަ އަދި ޑްރާމާ ތަކުގައިވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ޝިފާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ފިލްމް "40 ޕްލަސް" ގައި އޭނަ އަދާކޮށްފައިވާ ރޯލެވެ.




6 Responses
ދައްކަން ކުރާ ކަމެއްކަމެއްތަ؟ ކުރާނެ ކަމަކާއި، ކުރާނެ ގޮތާއި، ކުރިއަށްވާންއޮތް ގޮތެއް އެނގޭތަ؟ އަވަހަށް ތައުބާވެ ވަގުތުގެ ބޭނުން ހިފާ!
ޕާމެނެންޓްކޮށް ބުރުގާ އަޅަން ހުއްޓާ ޖެހޭނީ ޕާމެނެންޓ ކޮށ ފަސްގަނޑު ދަށަށް ދާނ ކަންނޭނގެ. ޓިކްޓޮކ ކުޅެ ނަށ ހަދަނ އުނދަގޫ ވާތިތ ބުރުގާ ނެގީ
އަދި ހެދުންވެސް ބާލާނެ ފަހުން ޕާމަނަންޓްކޮށް ބުރުގާ އަޅަން ނިންމި އިރު މަރުވާނެ އިރެއް ކަމަނާއަށް އެނގޭތަ؟
މާދަމާވެސް މަރުވެދާނެ؟
ޝިފާ ދެން ބުރުގާއަޅާ ނިވާުމުގެ ކުރިން ޕާރމަނަންޓުކޮން ދެމިއޮތުމުގެ ޢާލަމަށް ގެންދަވާފާނެ. އަވަހަށް ތައުބާވެ ނިވާވެގެން ހުރޭ.
އަހަރެމެންނަށް ހެޔޮ ކަލޭ ބުރުގާ އެޅިޔަސް ބެލިޔަސް. ޕާމެނެންޓްކޮށް އަޅަން ވާއިރު އޮންނާނީ ވަގުތު ފާއިތުވެފަ. އީމާންތެރިކަން ބަލިކަށަވީމަ ވާހޮތްކަންނޭގެ