ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަތުލައިގަނެފި

ވައިގެ މަގުން ރާއްޖެއިން ބޭރު ކުރަން އުޅުނު ހާހަކާ ގާތްކުރާ އަދަދެއްގެ މިޔަރު އުރަހަތަކެއް އަނެއްކާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، 14 ފޮއްޓެއްގައި ހުރި ޖުމުލަ 243 ކިލޯގެ މިޔަރު އުރަހަ  އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންގެ އެހީއާއެކު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މިޔަރު އުރަހަތަކަކީ ލޮނު ކޮށްފައިވާ މަސް ކަމަށް ބުނެ އޮޅުވުވާލާ، ބަންދުކޮށްފައި ހުރި ތަކެތި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލަ އިތުރަށް ދަނީ ތަހުޤީގުކުރަމުންނެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް މި އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު ވަނީ އަތުލައިގެންފައެވެ.

އެފަހަރުވެސް  އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާ ގުޅިގެން  އަތުލައިގަތް 21 ފޮށީގެ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ