މާލޭ ވިޔަފާރި ބަނދަރު ތެރެއިން ގޮތް ނޭނގޭ ރެޕްޓައިލްއެއް ފެނިއްޖެ

މާލޭ ވިޔަފާރި ބަނދަރުގެ ތެރެއިން ގޮތް ނޭނގޭ ރެޕްޓައިލްއެއް ފެނިއްޖެއެވެ.

އެމްޕީއެލް ތެރެއިން ބޮނޑެއް ގޮތަށް ހުރި އެ ޖަނަވާރު އަތުލައިގަންނަ ވީޑިއޯއެއް މިހާރު މީސްމީޑީއާގައިވެސް އަންނަނީ ދައުރުވަމުންނެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު ބުނީ، އެ ކުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓުން ވަނީ މާލެ ކޮމާރޝަލް ހާބަރ ތެރެއިން ފެނުނު އެ ރެޕްޓައިލް މިހާރު ވަނީ އެމްޕީއެލްގައި ހުންނަ އެމްއެންޑީއެފް ޕޯސްޓާއި ހަވާލުކޮށްފައި ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ތެރެއިން ބައެއް ފަހަރު ގެންނަ ކޮންޓެއިނަރ ތަކުން ދިރޭ އެއްޗެހި ފެނެއެވެ.

އެމްޕީއެލް އިން ބުނީ، ކޮންޓެއިނަރތައް ބަންދުކުރަނީ ބޮޑެތި ކާރުހާނާތަކުގައި ކަމަށާއި އަދި މަދުން ނަމަވެސް މިކަހަކަ ކަންތައްތައް ދިމާވުމުން ކަމާއި ގުޅުން ހުރި އިދާރާތަކުން މިކަމަށް ހައްލު ގެންނަކަމަށެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ