ގްރޭޑް 10 ގެ ފޮތުގައި ކީރިތި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް

4 ގްރޭޑެއްގެ ފޮތުގައި ޤުރުއާންގެ ސޫރަތްތައް ނުބައިކޮށް!

4 ގްރޭޑެއްގެ ޤްރުއާން އަދި އިސްލާމް ފޮތުގައި ކީރިތި ޤްރުއާންގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ސަމާލުކަމަށް އަތުވެއްޖެއެވެ.

އެގޮތުން ގްރޭޑް 1 އަދި 2 އެއްގެ ޤްރޫއަން ފޮތުގައި ސޫރަތުގެ އާޔަތެއް ނުބައިކޮށް ލިޔެފައިވާއިރު، ގްރޭޑް 10 އަދި 12 ގެ އިސްލާމް ފޮތުގައިވެސް ސޫރަތުގެ އާޔަތް ނުބައިކޮށް އައިސްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިމައްސަލަ ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލު ކަމަށް ގެނެސްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެގޮތުން އެންމެ ފުރަތަމަ ސަމާލުކަމަށް އައިސްފައި ވަނީ ގްރޭޑް 1ގެ ފޮތުގައި އޮޅުވާލައިފައިވާ ސޫރަތުގެ އާޔަތެވެ. ނުބައިކޮށް ލިޔެވިފައިވަނީ ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް އައްނަބައު ސޫރަތުގެ 24ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެގޮތުން ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ. އޭގެ އިތުރުން ގްރޭޑް 02 ޤުރުއާން ފޮތުގައި ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު ( كلا ) އުނިވެފައި ވާކަންވެސް ޝަހީމް ވަނީ އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ.

މީގެ އިތުރުން ގްރޭޑް 10 ގެ ފޮތުގައި ވެސް ކީރިތި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ވަނީ ލިޔެފައެވެ. އެގޮތުން ޝަހީމް ވިދާޅުވީ، އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތް ގްރޭޑް 10 ގެ އިސްލާމް ފޮތުގައި ލިޔެފައިވަނީ ނުބައިކޮށް ކަމަށެވެ.

ގުރޭޑް 12ގެ އިސްލާމް ފޮތުގައި ވެސް ގުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތްކަން ޝަހީމް ވަނީ ސަމާލުކަމަށް ގެނެސްފައެވެ. ޝަހީމް ވިދާޅުވީ، ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ކަމަށެވެ. އެގޮތުން  އަލްއަންފާލް ސޫރަތުގެ 74ވަނަ އާޔަތް ނިންމަައިފައިވަނީ ނުބައިކޮށެވެ. އެ ތަނަށް ވަނީ އިތުރު ކަލިމައެއް އިތުރު ކުރެވިފައެވެ.

ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަ ހާމަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޝަހީމްވެސް ވިދާޅުވީ، އިސްލާމާއި ޤުރުއާން ފޮތް ތައް ކިޔަވައިދޭ އިރު، ރަނގަޅަށް ޗެކްކުރުމަށް އިސްލާމް މުދައްރިސުންނާއި ޤުރުއާން މުދައްރިސުންގެ އަރިހުން އެދޭކަމަށެވެ.

"ކީރިތި ޤުރުއާނަކީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު، އެންމެ މަތިވެރި މުޢުޖިޒާ، އެއީ ރައްކާތެރިކުރެވިގެންވާ ފޮތް، އެމާތް ފޮތުގެ އާޔަތެއް ނުވަތަ ސޫރަތެއް ލިޔުމުގައި ނުވަތަ ޗާޕުކުރުމުގައި އެއްވެސް ކުށެއްވާ ނަމަ އަވަހަށް ސަމާލުކަމަށް ގެެނެސް އިޞްލާޙު ކުރަންޖެހޭނެ." ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދީނީ އިލްމުވެރިން ގެންދަވަނީ އެ ފޮތްތައް ދަރިވަރުންގެ އަތުން ނެގުމަށްފަހު އިސްލާހް ކުރުމަށް ގޮވާލަމުންނެވެ.

މި މައްސަލައިގައި އެޑިއެކޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ގްރޭޑް1ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓް ކުރިއިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށެވެ. އަދި މި މައްސަލަ ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އެން.އައި.އީ) ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.

އެޑިއުކޭޝަނުން ވިދާޅުވީ، މި ފޮތް ތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެއް ކަމަށެވެ. އަދި މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ނަމަވެސް މިއީ ބޮޑޫ މައްސަލައެއް ކަމަށާއި، އެޑިއުކޭޝަނުން މި މައްސަލައިގައި ރައްޔިތުންނާއި ބައްދަލުކޮށް ކަންވީ ގޮތް އޮޅުން ފިލުވައިދީ ބެލެނިވެރިންގެ ކިބައިން މައާފަށް އެދެން ޖެހޭނަކަމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ