ކުޑަކުއްޖަކަށް ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ

ކުޑަކުއްޖަކަށް ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވަނީ 16 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުން ވިދާޅުވީ، 16 އަހަރުގެ އަންހެންކުއްޖަކަށް ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭވެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވީއެވެ. އަދި މިއީ މާލޭ ހިނގި ހާދިސާއެއް ކަމެއްވެސް ފުލުހުން ސާފުކޮށެއް ނުދެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށެވެ.

ޓެކްސީ ދުއްވާ ފަރާތްތަކުން ޓެކްސީ އަށް އަރާ އަންހެން ކަސްޓަމަރުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކޮށްފައިވާ ކަމުގެ ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ