ނިމިދިޔަ އޯގަސްޓް މަހުގެ ރާއްޖޭގެ އިމްޕޯޓްކުރި މުދާ އިތުރުވެ، ދައުލަތުގެ އާމްދަނީވެސް އިތުރުވެއްޖެއެވެ.
ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓްު މަހާ އަޅާބަލާއިރު ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ އަދަދު 3.5 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 63 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އެތެރެކުރީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓް އިތުރުވިޔަސް އެކްސްޕޯޓް ކުރި މިންވަރަށް ބަލާއިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓްު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ 60 އިންސައްތަ ދަށްވެފައެވެ. އެގޮތުން، ނިމުނު އޮގަސްޓްް މަހު 270 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 675 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.
އޭގެ އިތުރުނ، ްކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 288 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 182 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ލިބުނީ 102 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.
ތަފާސް ހިސާބުަކުން ދައްކާގޮތުގައި މިދިޔަ އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިއާއިން އެވެ. އެއަށްފަހު ޗައިނާއިން އެވެ. އަދި ތިންވަނައަށް ޔޫއޭއީއެވެ.
އެކްސްޕޯޓަށް ބަލާއިރު، ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ޔޫކޭ، ޖާމަނީ އަދި ނެދަލެންޑްސްގެ އިތުރުން އިންޑިއާއެވެ.



