ސަލްމާން، ޅިޔަނާއެކު ކުޅޭ ފިލްމްގެ ޕޯސްޓަރު ދައްކާލައިފި

އެކްޓަރު ސަލްމާން ޚާން އާއި އޭނަގެ ޅިޔަނު އާޔޫޝްމަން ޝަރުމާ އެކުގައި ފެނިގެންދާ ފިލްމް "އަންތިމް"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

"އަންތިމް" އަކީ އަޔޫޝްމަންގެ ދެވަނަ ބޮލީވުޑް ފިލްމެވެ. އޭނާ ފިލްމީ ދާއިރާއަށް ތައާރަފް ކޮށްދިނީވެސް ސަލަމާން ހާންގެ ފިލްމަކުންނެވެ. އެއީ ސަލްމާން ޕްރޮޑިއުސްކޮށް ނެރުނު "ލަވްރާތްރީ" އިންނެވެ.

އަޔޫޝްމަން އަކީ ސަލްމާންގެ އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާއެވެ.

"އަންތިމް: ދަ ފައިނަލް ޓްތުރު" ގައި ސަލަމާން ކުޅޭނީ ފުލުސް މީހެއްގެ ރޯލެވެ. އަދި އަޔޫޝްމަން ފެނިގެންދާނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ. މިއީ އަޔޫޝްމަން އާއި ސަލްމާން ހާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް ވެސްމެއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މަހޭޝް މަޖްރޭކަރުއެވެ. މި ފިލްމްގެ ޝޫޓިން މިހާރު ނިއްމާލައިފައިވާއިރު، މި ފިލްމް އަޅުވާނެ ތާރީހެއް އަދި ނާންގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ