މޮޅު ކާސްޓަކާއެކު، ނެޓްފްލިކްސްއަށް ވަރުގަދަ ފިލްމެއް!

ހޮލީވުޑްގެ އޭ ލިސްޓުގެ ތަރިން ހިމަނައިގެން ނެޓްފްލިކްސް އިން ގެނެސްދޭ ފިލްމް، "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމް އިއުލާންކޮށް، ޓްރެއިލާ ދައްކާލި ހިސާބުން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ މި ފިލްމްގައި ހިމެނޭ މޮޅު އަދި ވަރުގަދަ ކާސްޓުންނަށެވެ. މި ފިލްމްގައި ހަރަކާތްތެރިވާ ގިނަ ކާސްޓުންނަކީ ފިލްމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުތައް ކަމުގައިވާ އޮސްކާ އެވޯޑާއި، ގޯލްޑަން ގްލޯބަސް އައި އެމީ އެވޯޑް ހާސިލުކޮށް އެ އެވޯޑުތަކަށް ނޮމިނޭޓް ވެފައިވާ އޭ ލިސްޓުގެ ފަންނާނުންނެވެ.

މި ފިލްމްގެ ލީޑު ކާސްޓުގައި ހިމެނެނީ ކުޅަދާނަ އެކްޓަރ ލިއަނާޑޯ ޑިކޭޕްރިއޯ އާއި އެކްޓްރެސް ޖެނިފާ ލޮރެންސެވެ. މި ދެ އެކްޓަރުންނަކީވެސް އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ދެ ފަންނާނުންވެ. އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި ގްރޭމި އެވޯޑް އެތަައްފަހަރަކު ހޯދައިފައިވާ އެރިއާނާ ގްރާންޑޭ އާއި އޮސްކާއަށް ނޮމިނޭޓްވެފައިވާ ޒުވާން އެކްޓަރު ޓިމަތީ ޝަލަމޭ ވެސް މި ފިލްމްގެ ކާސްޓުން ފެނިގެންދާނެއެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ކޭޓް ބްލަންޗެޓް، ޖޯނާ ހިލް، ރޮބް މޯގަން، ޓައިލާ ޕެރީ، ރޮން ޕާލްމެން ވެސް ހިމެނެއެވެ. އަދި ކްރިސް އީވަންސް ވެސް ކެމިއޯ ރޯލަކުން ފެނިގެންދާނެއެވެ.

އެޑަމް މެކޭ ޑައިރެކްޓްކުރާ މި ފިލްމް، "ޑޯންޓް ލުކް އަޕް"ގެ ވާހަކައަށް ބަލާއިރު، މި ފިލްމްގައި ދައްކުވައިދޭނީ ގިނަހިލައެއްގެ ނުރައްކާ ދުނިޔެ އަށް ކުރިމަތިވާކަން ދެނެގަނެ، އެކަން އާންމުންގެ ސަމާލުކަމަށް ގެންނަން މީޑިއާ ޓުއާއަކަށް ދާ ދެ އެސްޓްރޮނޮޓުންގެ ވާހަކައެވެ. ދެ އޮސްޓްރޮނޮޓުންގެ ރޯލުން ފެނިގެންދަނީ އެކްޓަރ ލިއަނާޑޯ ޑިކޭޕްރިއޯ އާއި އެކްޓްރެސް ޖެނިފާ ލޮރެންސް އެވެ. 

މި ފިލްމް ބައެއް ތިއޭޓާ ތަކުގައި އަދި ނެޓްފްލިކްސްގައި ރިލީޒްކުރާނީ މި އަހަރުގެ ޑިސެބަރު 24 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ