ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް، "ލޮކް އެންޑް ކީ" ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިިފިއެވެ.
ބޮޑު މަޤުބޫލުކަމެއް ހޯދި މި ސީރީޒްގެ ފުރަތަމަ ސީޒަން ނެޓްފްލިކްސް އިން ގެނެސްދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ފުރަތަމަ ސީޒަންއަށް ފަހު، މި ސީރީޒްގެ ދެވަނަ ސީޒަނަކަށް ފޭނުން އައީ ވަރަށް ބޮޑަސް އިންތިޒާރުކުރަމުންނެވެ.
އެގޮތުން ފުރަތަމަ ސީޒަން ދެއްކިތާ އެއް އަހަރަށްވުރެ ގިނަ ދުވަސްފަހު، ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފައިވާއިރު، މި ފަހަރުގެ ސީޒަންވެސް ޝާއުގުވެރިވާނެ ކަމަށް ފޭނުން އަންނަނީ ބުނަމުންނެވެ.
ޓީނޭޖު ކުދިންގެ ދިރިއުޅުމުގައި ހިނގާ މި ސީރީޒްގައި ދައްކުވައިދެނީ ގެއަކުން ފެންނަ ޖާދުވީ ތަޅުތަނޑިތަކެއްގެ ސަބަބުން ހިނގާ ހާދިސާތަކެކެވެ.
"ލޮކް އެންޑް ކީ"ގެ ދެވަނަ ސީޒަން ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ




