މޫސުން ގޯސްވެ ދެކުނަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 06:45 އާއި ހަމައަށެވެ.

މި ސަރަހައްދަށް ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެ ސަރަހައްދަށް މިއަދު ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މީގެ އިރުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަެވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ދެކުނަށް މޫސުން މިއަދު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ކަނޑު ގަދަ ދުވަސްތަކުގައި މޫސުމަށް ނުބަލާ ދަތުރު ކުރުމުގެ ސަބަބުން ރާއްޖޭގައި ހިތާމަވެރި ހާދިސާތައް މަދުން ނަމަވެސް ހިނގައެވެ.

 

 

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ