ރާއްޖޭގެ ދީނީ މިނިވަންކަން ދޭންޖެހޭ ކަމަށް ބުނެވުމުން، އެކަމާ ތައުބާވެ، މާފަށް އެދޭކަމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބުނެފިއެވެ.
އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ޖާބިރު ބުނީ، އެހެންދީންތަކުގެ މީހުންނަށް ރާއްޖޭގައި އައިސް އަޅުކަން ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައިެވސް ދީނީ މިިނިވަން ކަމުގައި "ޔުނިވާސަލް ޕްރެކްޓިސް" އެއް ގެންގުޅެން ޖެހޭކަމަށެވެ.
ޖާބިރު މިފަދައިން ވާހަކަދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޖާބިރަށް އަމާޒުވެފައެވެ. އަދި ޖާބިރު ދެއްކެވީ އިސްލާމް ދީނުގެ ހައްދުން ބޭރުވެފައިވާ ފަދަ ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ މަޖިލިސް އިދާރާއިން ވަނީ ބަލަން ފަށައިފައެވެ.
ޖާބިރު މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މަޖިލީހުގައި އެހެން ބުނެވުނީ ޖަޒުބާތުގައި ޖެހިގެންކަމަށާއި، އެގޮތަށް ވާހަކަދެއްކުނީތީ ދިވެހި ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދޭކަމަށެވެ.
" އިސްލާމް ދީނަށް އުނިކަމަށް އައިސްދާނެ ވާހަކައެއް ދެކެވުމުން އެކަމަށް އަޅުގަނޑު ތައުބާވެއްޖައިން. އަޅުގަނޑުގެ ތައުބާ ގަބޫލުކުރައްވައި، ކުރެވެނު ކުށް މާފުކުރައްވާށި. އާމީން." ޖާބިރު ބުނެފައިވެއެވެ.
ޖާބިރު އިއްޔެ ބުނީ، "ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅާއެކު އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނުއެއް ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް، 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ "ޔުނިވާސަލް ޕްރެކްޓިސްއެއް" އޮންނަން ޖެހޭ،" ކަމަށެވެ.
މިއީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުން މަޖިލީހުގެ މެންބަރަކު ގޮވާލި ފުރަތަމަ ފަހަރެވެ.
ޖާބިރުގެ އަޙްލާޤީ އެތައް މައްސަލައެއް މިފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ. އަދި ޖާބިރުގެ އުޅުމާއި، އަމަލުތަކަށް މިފަހަކަށް އައިސް ނޭދެވޭ ބޮޑު ބަދަލުތަކެއް އައިސްފައިވާއިރު، ޖާބިރު ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ މަންޒަރުވެސް ފެނިގެންގޮސްފައިވެއެވެ.




ހިޔާލު
ޭިޭ..މުސްލިމުން ތިކަން ގަތުން ބަލަން ގޮވާލަން.. ކޮންމެ މުސްލިމަކީވެސް މުޖާހިދަކައް ވާން މަސައްކައް ކުރައްވާ. މިމީހުންނާ ދެކޮޅަށް ޖިހާދު ކުރައްވާ.