ދިހަ ތަނަކުން، 100 ކިލޯގެ ހިރޮއިންއާއެކު 10 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 24 ގަޑިއިރުތެރޭގައި ދިހަ ތަނެއް ބަލާ ފާސްކޮށް، 100 ކިލޯގެ ޑްރަގް ހޯދާ 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ވަރަށް ރޭވުންތެރިކަމާއެކު ފާއިތުވި 24 ގަޑިއިރު ތެރޭ ޑްރަގް އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި ދިހަ ތަނެއް ބަލާފާސްކޮށް، ގާތްގަނޑަކަށް 100 އެއްހާ ކިލޯގެ ހިރޮއިން އަތުލައިގަނެ، 10 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ފާހަގަކުރެއްވި ގޮތުގައި މިއީ ވަރަށް ރޭވުންތެރިކަމާއެކު ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.

މާލޭ އާއި އަތޮޅު ތަކުގެ ރަށްތަކުގައި ބޮޑެތި ޑްރަގްގެ އޮޕަރޭޝަންތައް ފުލުހުން އަންނަނީ ހިންގަމުންނެވެ. އެގޮތުން މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއް ހޯދައި، އެ ތަންތަނުގެ ވެރިންނަށް ގާނޫނީ ގޮތުން އިންޒާރުދީ، ބައެއް ފަރާތްތަކަށް ވަނީ ދައުވާ ކުރުމަށް ފޮނުވައިފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ