55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައި މިވަނީ، މިރޭގެ 20:30 އާއި ހަމައަށެވެ. މިއަދުވެސް މެޓް އޮފީހުން މިއަދުގެ ހަވީރު16:30 އާއި ހަމައަށްމުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓް ގައި ބުނީ، ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށް ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ހަފްތާ ބަންދުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ކުރިންވެސް އޮތީ ބުނެފައެވެ. އެގޮތުން މިއަދު ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ ގަދަވަޔާއެކު ވިއްސާރަކުރަމުން ދެއެވެ.
އެހެންކަމުން ބްރުޖް މަތިން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްއޭ)އިން ވަނީ އަންގައިފައެވެ. އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރއެވެ.



