ކޮވިޑް ޖެހިގެން ތިން މަހުގެ ކުއްޖަކު ނިޔާވެއްޖެ

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ ތިން މަހުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

މިއީ ކޮވިޑްގެ މަރެއްގެ ގޮތުގައި އެޗްޕީއޭ އިން އަދި އިއުލާން ނުކުރިނަމަވެސް، ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ތިން މަހުގެ ފިރިހެން ކުއްޖަކު ނިޔާވިކަމަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ.

މިއީ ރާއްޖެއިން ކޮވިޑުގައި މަރުވި އެންމެ ހަގު ކުއްޖާއެވެ. އަދި މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ.

ރާއްޖޭގައި މިހާތަނަށް 86,165 މީހަކަށް ކޮވިޑް ޖެހި އޭގެ ތެރެއިން 84،627 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3،210 އެވެ.

*****

ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާގެ މަރަކީ ކޮވިޑް-19 މަރެއް ނޫން ކަމަށް ކަނޑަައަޅައިފިއެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު މީޑިއާތަކަށް ބުނެފައިވަނީ، އެކުއްޖާއަށް ކޮވިޑް ޖެހުނު ނަމަވެސް  ބަލިން ވަނީ ރަނގަޅުވެފައިކަމަށެވެ. އެހެންކަމުން އެމަރަކީ ކޮވިޑް މަރެއް ނޫން ކަަމަށް ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ