ފަހީމްގެ ހާލު ބެލުމަށް، ސިފައިންގެ ލީޑާޝިޕް ބޭފުޅުން ހޮސްޕިޓަލުގައި

ސިފައިންގެ މީހާ ރަހީނުކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

ސިފައިންގެ މީހަކު މާލޭން ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ދިވެހި ތިން ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.

މީގެ އިތުރުން ވިލިމާލެގެ ގެސްޓްހައުސްއެއް ބަލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މައްސަލައިގެ ތަހުގީގު އަދިވެސް ހިންގާ ކަމަށް ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި ބުނީ، މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަަށެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިން ކަމަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަަަށެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވާ ކަމަަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެމްއެންޑީޢެފުން ނެރުނު ބަޔާނެއްގައި ބުނީ، އެމް.އެން.ޑީ.އެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޙަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވީ ކަމުގައިވިޔަސް، މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ކަމަށެވެ.

ފައިސާ ފޭރިގަތުމުގެ މަޤުސަދުގައި ކޯސްޓުގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ހަސަން ފަހީމް ބަޔަކު ރަހީނުކުރީ، މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ހިނގާފައި ދަނިކޮށް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:30 ހާއިރު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ