ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2022 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވިދާޅުވީ، އަންނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ދުވަސްތައް އިތުރު ކުރައްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
2022 ވަނަ އަހަރު، ސަރުކާރު ބަންދުދުވަސްތަކެއްގެ ގޮތުގައި ނިންމަވައިފައިވާ އިތުރު ދުވަސްތައް:
- 5 މޭ 2022 (ބުރާސްފަތި)
- 13 ޖުލައި 2022 (ބުދަ)
- 14 ޖުލައި 2022 (ބުރާސްފަތި)
- 28 ޖުލައި 2022 (ބުރާސްފަތި)
މޭ ފަސް ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ކުޑަ އީދު ނިމި ސަރުކާރު ހުޅުވޭ ދުވަހަކަށް ބުރާސްފަތި ދުވަސް ވާތީ އެވެ. ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަސް ބަންދުކޮށްފައިވަނީ ބޮޑު އީދަށް ފަހު ސަރުކާރު ހުޅުވޭ ދެ ދުވަހަކަށް ބުދަ ދުވަސް ވާތީއެވެ. އަންނަ އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި 9 އެވެ.
އަންނަ އަހަރުގެ ޖުލައި 28 ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މިނިވަން ދުވަހަށްފަހު އަލުން ސަރުކާރު ހުޅުވޭ ދުވަހަކީ ބުރާސްފަތި ދުވަހަށް ވާތީ އެވެ.



