އައިމިނަތު ރަޝްފާ(އާޝާ)-- ފޮޓޯ: އިންސްޓަގްރަމް

އާޝާ އަދިވެސް "ސިންގަލް"!

ފިލްމީ ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެނގެން ބޭނުންވުމަކީ ފޭނުން ވަރަށް އެދޭކަމެކެވެ. އެގޮތުން ފޭނުން އެންމެ ގިނައިން ފަންނާނުނަށް އަމާޒުކުރާ އެއް ސުވާލަކީ، އެމީހުން ސިންގަލްތޯ ނުވަތަ ނޫންތޯއެވެ. މި ފަދަ ސުވާލުތަކަށް ބައެއް ފަންނާނުން ވަރަށް ފަސޭހަކަމާއެކު ޖަބާވު ދޭއިރު، ބައެއް ތަރިން މިފަދަ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައެވެ.

ގިނަބައެއްގެ މަޤުބޫލުކަން ހޯދަމުން އަންނަ، އަދި ކުރިއަރަމުން އަންނަ މަޝްހޫރު ފިލްމީ ތަރި، އައިމިނަތު ރަޝްފާ(އާޝާ) ފޭނުންގެ މިފަދަ ސުވާލުތަކަށް ޖަވާބުދޭން އެއްވެސް ފަހަރަކު ފަސްޖެހޭ ފަންނާނެއް ނޫނެވެ. އެގޮތުން އާޝާ އާއި އެންމެ ގިނަ މީހުން އަމާޒުކުރާ އެއް ސުވާލަކީވެސް އޭނަގެ ހަޔާތުގެ ބައިވެރިއެއް ހުރޭ ތޯއެވެ.

މިފަހަރުވެސް މީހަކު އާޝާއާ މި ސުވާލުކުރުމުން، އޭނާ ބުނީ އޭނާ އަދިވެސް ހުރީ ހުސްކޮށް ކަމަށެވެ. އާޝާ މިހެން ބުނީ، އޭނަގެ އިންސްޓަގްރަމްގައި ފޭނުންނަށް ހުޅުވާލި ސުވާލު ޕޯލްގައި، އާޝާ މިވަގުތު ރައްޓެހިވެގެން އުޅެނީ ކާކާތޯ ފޭނަކު ސުވާލުކުރުމުންނެވެ. 

އާޝާ، ފިލްމް "ބީވީމާ"ގެ މަންޒަރަކުން-- ފޮޓޯ: މީސްމީޑިއާ

މީގެ ހަތަރުވަރަކަށް މަސްކުރިން ހަމަ މިގޮތަށް ސުވާލު ޕޯލެއްގައި ފޭނަކު މި ސުވާލު އެހުމުން އާޝާ އޭރުވެސް ބުނީ އޭނާ ހުރީ ހުސްކޮށް ކަމަށެވެ.

ޑާކް ރެއިންގެ ފިލްމް "ގޮށްރާޅު" އިން ފިލްމީ ދާއިރާއަށް ނުކުތް އާޝާ، ބައިސްކޯފުގެ "ތުންތުންމަތިން" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެމުން ބުނީ، ފިލްމީ ދާއިރާއިން އޭނާ ލޯބީގެ ގޮތުން ގުޅުނީ ދެ ފަންނާނުންނާ ކަމަށެވެ. އަދި އެދެމީހުންނަކީ އަލީ އާޒިމް (ދޮން އައްޔަ) އާއި، ޖުމައްޔިލް ނިމާލް (ޖުމަލް) ކަމަށް އާޝާ ބުނެއެވެ. ޖުމަލް އަކީ "ގޮށްރާޅު" ގައި އާޝާގެ ކޯ ސްޓާރެކެވެ.

މިހާރު ކުރިއަށްދާ ސުވާލު ޕޯލުގައި، އާޝާ ފިލްމީ ދާއިރާ ދޫކޮށްލަން ވިސްނިންތޯ މީހަކު އެހުމުން، އާޝާ ބުނީ، ފިލްމީ ދާއިރާ ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް އަދި ނެތް ކަމަށެވެ.

އާޝާ، ފިލްމް "ބީވީމާ" ގެ މަންޒަރަކުން-- ފޮޓޯ: ޑާކް ރެއިން

އާޝާ ދެން އެންމެ އަވަހަށް ފީޗާ ފިލްމަކުން ފެނިގެންދާނީ ޑާކް ރެއިން އެންޓަޓައިންމެންޓްގެ "ބަޅިނދު"އިން ކަމަށް ބެލެވެ އެވެ. މި ފިލްމްގެ މަސައްކަތް ލަސްވަމުން އައީ ކޮވިޑްގެ ޕެންޑެމިކް އާއި ގުޅިގެންނެވެ. މީގެ އިތުރުން އާޝާ މިހާރު އަންނަނީ ޑާކް ރެއިންގެ އިތުރު ފިލްމެއް ކަމުގައިވާ، "ބީވީމާ" ގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ.

އާޝާ، ފިލްމް "ބީވީމާ"ގެ މަންޒަރަކުން-- ފޮޓޯ: މީސްމީޑިއާ

"ބީވީމާ" ގެ ޝޫޓިންގެ ބައެއް މަންޒަރުތައް ޑާކް ރެއިން އިން މީސްމީޑިއާގައި ހިއްސާކުރަމުން އަންނައިރު، ފެންނަ ފޮޓޯތަކުން އާޝާގެ ކެރެކްޓަރ އަކީ ސްކޫލު ދަރިވަރެއްގެ ރޯލު ކަމަށް ބެލެވެ އެވެ. އެއީ އޭނާ ފެންނަނީ ސްކޫލު ޔުނީފޯމެއްގައި އިންދައެވެ. މި ފިލްމްގެ ކާސްޓުގައި އާޝާ ގެ އިތުރުން، އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ) އާއި، ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ވެސް ހިމެނެއެވެ.

އާޝާގެ އިތުރު ފިލްމީ މަސައްކަތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ، ބައިސްކޯފުގެ "ގިރިޓީ ލޯބިން" ވެބް ސީރީޒުންނެވެ. ހެއްވާ މަޖާ މި ސިޓްކޮމް އަށް ތަރުހީބު ލިބުނު މިންވަރު ކުޑައެއް ނޫނެވެ.

 

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް

2 Responses

  1. ކަނޑިންމަ

    ގަބޫލުކުރަންދަތި މަޑުންހުންނަގުރާ ދަތްއަޅާލެއްބާރުވާނެ ފަޅާއަރާއިރަކުން އަޑުންއަޑުނަގާ ނިކަންގަދަޔައްރޯނެ ފިލްމުސްޓާރުންނަކީ އަގީދާ ބަލިކަށިބައެއް އަޅާހެދުމާ ނަގާމަންޒަރުތައް ބަލާބަކަޔައް ސާފުވާނެ

  2. ެއެމްޑީ

    ގައްދޫ ކައުންސިލް ރައީސް ވެސް ހުރީ ހުސްކޮށް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ