ކ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.
ގުރައިދޫން ފުލުހުން 177 ބިޔަރު ދަޅު އަތުލައިގެންފައިވެ އެވެ.
މިކަމުގެ ތަފްސީލު ދެމުން މޯލްޑިވްސް ޕޮލިސް ސަރިވިސް އިން ބުނީ، މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްްކަތްތަކުގެ ތެރެއިން ގުރައިދޫން އެތަކެތި ހޯދާފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން 177 ބިޔަރު ދަޅު ހޯދައިފައި ވަނީ ގުރައިދޫގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައިހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިހާތަަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ. ނަމަވެސް ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



