ރާއްޖޭގެ އަށް އަތޮޅެއްގެ މޫސުން މިއަދު ގޯސްވާނެ ކަމަށް ލަފާކޮށް އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް)އިން މިއަދު ވައިޓް އެލާޓް ނެރެފައިވާ ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މި ސަރަހައްދަށް މިއަދު ހަވީރު 16:00 އާއި ހަމައަށް އެލާޓް ވަނީ ނެރެފައެވެ.
މެޓް އޮފީހުން ނެރުނު އެލާޓްގައި ބުނެފައި ވަނީ އެ ވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެވަގުތު ތަކުގައި އެ އަތޮޅު ތަކަށް ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
Alert White from Noonu Atoll to Alif Dhaal : Strong winds and rough seas expected. pic.twitter.com/kDk3NueU2V
— Maldives Meteorology (@MetMaldives) January 3, 2022
މެޓް އޮފީހުން އިއްޔެވެސް ވަނީ ރާއްޖޭގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށްވެސް މެޓް އޮފީހުން އޮތީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ.
އެގޮތުން ރޭ ރާއްޖެއަށް އުދަ އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އޭގެތެރެއިން އުދައިގެ އަސަރު އެންމެ ބޮޑަށް ކުރި ރަށަކީ ށ. ފުނަދޫ އެވެ. އެރަށަށް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތުވެސް ލިބެއެވެ.




