"ސިޓީ ނައިޓް މާކެޓް" ގެ ތެރެއިން - ފޮޓޯ: ސަން/މުހައްމަދު ހައްޔާން

ނައިޓް މާކެޓް ކުރިއަށްނުގެންދަން އަނެއްކާވެސް އަންގައިފި

މާލެ ސިޓީގައި ކުރިއަށްގެންދާ ނައިޓް މާކެޓް ހުއްޓާލުމަށް ދެވަނަ ފަހަރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭއިން) އިން ސިޓީ ކައުންސިލަށް އަންގައިފި އެވެ.

މޭލެ ސަރަހައްދުގެ ކޮވިޑް ހާލަތު ގޯސްވުމާއި ގުޅިގެން، މިދުވަސްވަރު މާލޭގައި ބާއްވަމުންގެންދާ ނައިޓް މާކެޓަށް ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެޗްޕީއޭއިން ފުރަތަމަ އެންގީ މި މަހުގެ 5 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ އަނެއްދުވަހު ، އެ ނިންމުން ބަދަލުކޮށް  އެޗްޕީއޭގެ މިންގަނޑާ އެެއްގޮތަށް ނައިޓް މާކެޓް ބޭއްވުމަށް އަލުން ހުއްދަ ދިނުމަށް ސިޓީ ކައުންސިލަށް އެންގި އެވެ.

ލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުޞޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ، ގިނަ ފަރާތްތަކުން މިކަމަށް އެދި، ހުއްދަ ހޯދައި ބޮޑެތި ހޭދަތަކެއް ކޮށްފައިވާތީ ކަމަށެވެ.

އެއާއެކު އަނެއްކާވެސް ނައިޓްމާކެޓް ކުރިއަށްގެންދަން މިރޭ ފަށާފައި ވަނިކޮށް، ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ތިންވަނަ ފަހަރަށް ނެރުނު ބަޔާނެއްގައި ބުނީ، ރަސްފަންނުގައި ނައިޓް މާކެޓް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުގައި ވިޔަފާރި ކުރަމުންދަނީ ހުއްދަދެވިފައިވާ ގޮތަށް ފިހާރަތައް ހިންގަން އޮންނަ އުސޫލާ ޚިލާފަށް، ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކުރި އިންސްޕެކްޝަނުން ފާހަގަވެފައިވާތީވެ އެ ހުއްދަ ދިނުން ހުއްޓާލަން އަނެއްކާވެސް އެ އެޖެންސީން ސިޓީ ކައުންސިލަށް އަންގައިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތިން ހަފްތާއަކީ ވަރަށް ބާރަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ސިއްހީ މާހިރުންނާ ހަވާލާދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ކޮވިޑްގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ރައީސް އިލްތިމާސްކޮށްފައިވެ އެވެ.

ފާއިތުވި މަސްތަކާއި އަޅާބަލާއިރު، މިދިޔަ ތިން ދުވަހަކީ ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަސްތަކެކެވެ. އެގޮތުން މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު އުޅެނީ 200 އިން މަތީގައެވެ. އަދި މާލެއިންވެސް ކޮންމެ ދުވަހަކު ޕޮޒިޓިވާ އަދަދު ވަނީ 100 ގައި ހިފެހެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ަެއެލްޝަންނަސީ

    ދެންކޮންް ކޮވިޑެއްގެ ވާހަކަ މިދައްކަނީީ!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ