އޭސީސީގައި އެންމެ ފަހުން ތިބި ފަސް މެންބަރުން-- ފޮޓޯ: މަޖިލިސް

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ ފަސް މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު، މި ިމަހުގެ 31 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އޭ.ސީ.ސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ޢިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

އޭސީސީގައި އެންމެ ފަހުން ތިއްބެވި ތިން މެންބަރުން ކަމަށްވާ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ،  އިސްތިއުފާ ދިނީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ތިން ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަލީ އަޝްރަފް އިސްތިއުފާ ދެއްވީ މި މަހުގެ ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުން އެބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މަގާމުން ވަކިކުރަން ނިންމުމާއި ގުޅިގެންނެވެ. އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހު އެވެ. އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފެށީ އެ ކޮމިޝަނުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ