ހުޅުމާލެ މެޑިކަލް ފެސިލިޓީ / ފޮޓޯ: އެޗްއީއޯސީ

ކޮވިޑް ބަލީގައި މިއަދު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޮވިޑް ބަލީގައި މިއަދު މީހަކު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، 63 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 06:16 ގައި ކޮވިޑް ބަލީގައި ނިޔާވެފައިވާ ކަމަށެވެ. އެ އަންހެންމީހާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

މި މަރާއެކު، ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް 266 މީހަކު ވަނީ ނިޔާވެފަ އެވެ.

ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އަދި މިހާލަތަށް ލުޔެއް ނުލިބެ، ޕޮޒިޓިވްވާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެގޮތުން އިއްޔެ އަކަނިވެސް ރާއްޖެއިން 2000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 9،574 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 108،732 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 43 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ