ރާއްޖެއިން އިތުރު 1955 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ނެގުނު 5469 ސާމްޕަލްގެ ތެރެއިން 1955 ފަރާތެއް ކޮވިޑަށް ފައްސިވެފައިވާއިރު މިއީ އިއްޔެއަށްވުރެވެސް އިތުރު އަދަދެކެވެ.
ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 599 މީހުންނާއި، މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކުން 875 މީހުން އަދި ރިސޯޓްތަކުން 78 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/rm11qqcJaK
— Health Protection Agency (@HPA_MV) February 4, 2022
މިއާއެކު ރާއްޖޭގެ އެކްޓިވް ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 17،735 އަށް އަރާފައެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ފަރުވާދެމުންދާ 56 މީހަކު ހިމެނޭއިރު، މިއަދު މި ބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.



