އުތުރުގައި ކުރިއަށް ގެންދަން ކުރީ ސަރުކާރުން އުޅުނު އައިހެވަން މަޝްރޫއުގެ ކުރެހުމެއް

އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހަދަން ބަޔަކު ހޯދަނީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ވިޔަފާރީގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފަށަން، ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ކޮންސަލްޓެންސީ ކުންފުނިން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބަނދަރު ތަރައްގީ ކުރަން ސްކޯޕިން މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓް އެކުލަވައިލުމުގެ އިތުރުން ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި މަސައްކަތް ކުރުމަށް ފަރާތެއް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި އަގަށް ރިއާޔަތް ކުރައްވައިގެން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ސަރުކާރުން ހިތްވަރު ދެނީ ބޭރުގެ ފަރާތްތަކުން ދިވެހި ފާމްތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ބަނދަރު ހަދަން ކޮންސަލްޓެންޓުން ހޯދަން އިއުލާނު ކުރިއިރު، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ގޮތުން އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ފަރުމާކޮށް ކުރުމާއެކު އެ ބަނދަރުގެ މާސްޓަ ޕްލޭން ހަދަން 34 ފަރާތްތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

އުތުރާއި ދެކުނުގައި ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމަކީ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ވަރަށް އަޑުހަރުކޮށް ދައްކާ ވާހަކައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ