މުއިއްޒުއަށް ކުޅުދުއްފުށިން މަރުޚަބާ ކިޔުން - ފޮޓޯ: ކުރިނބީ ޕީޕީއެމް އަޒުމް ގޮފި

ކުޅުދުއްފުށިން މުއިއްޒަށް ވަރަށްހޫނު މަރުޚަބާއެއް

ޕްރޮގްރެސިވް ކޮންގްރެސް (ޕީޕީއެމް/ޕީއެންސީ) ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ)އަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީން ވަރަށް ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

މިއަދު ހަވީރު އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ، މިއަދު ހެނދުނު ފެއްޓެވި ފުރަތަމަ ކެމްޕޭން ދަތުރުގެ ތިންވަނަ މަންޒިލްގެ ގޮތުގައެވެ. މުއިއްޒުގެ އަރިހުގައި ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންވެސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއެވެ.

މުއިއްޒު ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ބަންދަރު ސަރަހައްދަށް ޖަމާވެފައިވާއިރު، ސަޕޯޓަރުންނާ ސަލާމް ކުރައްވަންވެސް ގިނަ ވަގުތުތަކެއް ހޭދަވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ކުޅުދުއްފުށިން ސިޔާސީ ލީޑަރަކަށް ނުކިޔާވަރުގެ ހޫނު މަރުޚަބާއެކެވެ.

މުއިއްޒުގެ މި ދަތުރުފުޅުގައި ހދ. ކުޅުދުއްފުށީގައި ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އެ ޕާޓީގެ ހޮޅުއަށްޓާ ދިމާ ވެލިގަނޑުގައެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް މިއަދު ވަނީ ހދ. ހަނިމާދޫގެ އިތުރުން އެއަތޮޅު ނޮޅިވަރަމަށް ވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ