ޑރ. މުއިއްޒަށް ފުވައްމުލަކުން ވަރަށް ހޫނު މަރުޚަބާއެއް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ފުވައްމުލަކުން ވަރަށް ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

މިއަދު ހަވީރު ފަހެއް ޖެހިއިރު ޑރ. މުއިއްޒު ފުވައްމުލަކުން ވަޑައިގެންނެވުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުޚަބާ ކިޔަން އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.

އެއާޕޯޓުން އަތުރާލި ސަޕޯޓަރުންގެ ސަފު ގޮސް ބަނދަރާއި ހަމައަށް ދިގުދެމިގެން ގޮސްފައިވާއިރު، ސަޕޯޓަރުންނާއި ސަލާމް ކުރެއްވުމަށް ޑރ. މުއިއްޒު ވަނީ ބައިގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރައްވާފައެވެ.

މުޅި ފުވައްމުލަށް ނިކުމެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަށާއި، މުޅި ޓީމަށް ވަރަށް ހޫނު މަރުޚަބާއެއް ދެންނެވިއިރު، މީގެ ކުރިންވެސް ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ވަޑައިގަންނަވާ މަންޒިލްތަކުން ވަނީ ހޫނު މަރުޚަބާއެއް ކިޔައިފައެވެ.

މިއަދު ހަވިރު ޑރ. މުއިއްޒު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލް، ފުވައްމުލަކުގައި މިރޭ 08:30 ގައި ފޯރިގަދަ ކެމްޕެއިންގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ސިޓީގެ ސްޓިއަރިންގ ކޮމިޓީތަކާއި، ސިޓީގެ ދާއިރާ ރައީސުންނާއި ބައްދަލުކުރައްވާނެއެވެ.

ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި މާދަމާ އަދި ހޯމަ ދުވަހު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ގދ.ތިނަދޫ އަދި ގއ. ވިލިނގިލީގައި ރިޔާސީ ކެމްޕޭންގެ ޖަލްސާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ