އުއްމީދަކީ ރޯދައިގެ ކުރިން 100 ރަށަށް ދިއުން: ރައީސް

އަންނަ ރޯދަމަހުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 100 އެއްހާ ރަށަށް ވަޑައިގަތުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޑރ. މުއިއްުޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ރައީސްއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށާ އަދި އެ ވަޢުދުތައް ފުއްދަވާނެކަމުގެ ވަޢުދުވެސް ވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާނީ ވަޢުދުވެވަޑައިގެންފައިވާގޮތަށް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ލިބުނު ތ. އަތޮޅު ގުރައިދޫއަށެވެ. އަދި އެއަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އުންއުންމީދުކުރައްވަނީ އަންނަ ރަމަޟާންމަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގެންނެވުން" ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ކޮންމެ ރަށަކަށްވެސް ދަތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ