ވަޒީރު އަޙްމަދު ޝިޔާމް

މަސައްކަތްތެރިންގެ ޒަމާންވީ ގިނަ ގޮންޖެހުންތަކަކަށް ހައްލުހޯދުމުގައި ސަރުކާރުންމިވަނީ ބޮޑެތިކުރިއެެރުން ތަކެއް ހޯދާފައި: ވަޒީރު ޝިޔާމް

މަސައްކަތްތެރިންގެ ޒަމާންވީ ގިނަ ގޮންޖެހުންތަކަކަށް ހައްލު ހޯދުމުގައި ސަރުކާރުން މިވަނީ ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައި ކަމަށް މަސްވެެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ވަޒީރު ޝިޔާމްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާއި ބައްދަލުކުރިއިރު އެކިދާއިރާ ތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ މަސައްކަތްތެރިންގެ ޒަމާންވީ ގިނަ ގޮންޖެހުންތަކަކަށް ހައްލުހޯދުމުގައި ސަރުކާރުންމިވަނީ ބޮޑެތިކުރިއެެރުން ތަކެއް ހޯދާފައި ކަމަށެވެ.

އަދި ޚާއްސަކޮށް މަސްވެެރި ސިނާއަތުގެ މަސައްކަތްތެރިންގެ ޙައްޤުތަށް ކަށަވަރުކުރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ މުހިއްމު ލަނޑުދަނޑިތަކެއްވަނީ ހާސިލްކިރެވިފައި ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން މަސްވެރިންނަށް ވޭތުވެދިޔަ ސަރުކާރުން ނުދީހުރި 250 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކާ ޚަލާސްކޮށް، މަސްވެެރިން ބާނާމަހަށް 48 ގަަޑި އިރުތެރޭ ފައިސާދޭންފައްޓާ އަދި ފުރަތަމަ ފަހަރަށް މަސްވެެރިންނަކީ ދައުލަތް ދަންނަ ވަޒީފާއެއް އަދާކުރާބައެއްގެ ގޮތުގައި ބަލައިގަނެ އެހެންވަޒީފާތައް އަދާކުރާފަރާތްތަކެކޭ އެއްގޮތަށް ބޭންކްގެ ފެސިލިޓީތަކަށް މަސްވެރިންނަށްވެސް އެކްސެސް ދެވިއްޖެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޤައުމު ބިނާކުރުމުގައި މަސައްކަތްތެރިންގެ ފުރިހަމަ ދައުރު ފެނިގެންދާނީ އެފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދެވިގެން ކަމަށްވެެސް މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ