ވައިގެމަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންކަން ހަރުދަނާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންތައް ހަރުދަނާކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުަ ރަނގަޅުކޮށް، އެއާޕޯޓުގައި ޚިދުމަތްދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އެއްބަސްވުންތަކުގެ ތެރެއިން ވެވުނު ފުރަތަމަ އެއްބަސްވުމެވެ.

އެމްއޭސީއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް އެ ކުންފުނީގެ ޚިދުމަތްތައް ބައްޓަންކޮށް، އޮޕަރޭޝަނަލް އެފިޝިއަންސީ ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކެވެ. ޚާއްސަކޮށް ވީއައިއޭގެ އާ ޓާމިނަލްއާއެކު އެމްއޭސީއެލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ގަސްގަހާގެއްސާއި އެކި ޖަނަވާރުތައް ވައިގެ މަގުން އެތެރެކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބަޔާންކުރެއްވިއެވެ.

އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިޝްހާގު އާދަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ