ފުލުހުންނާއި ސިފައިންނާ އެއް ފުރާޅެއްގެ ދަށުން ރައީސް ބައްދަލުކުރައްވައިފި

ފުރަތަމަ ފަހަރަށް ފުލުހުންނާއި ސިފައިންނާ އެއް ފުރާޅެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި އެކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މީގެ ކުރިން މި ދެ އިދާރާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަމުން އައީ ވަކިވަކިންނެވެ. ނަމަވެސް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ފުރަތަމަ ފަހަރަށް މި ދެ މުއައްސަސާގެ އިސް ވެރިންނާއި މުވައްޒަފުން އެއް ފުރާޅެއްގެ ދަށުން ރައީސާ ބައްދަލުކުރެއްވިއެވެ.

ރަސްމިއްޔާތުގައި ސިފައިންނާއި ފުލުހުން ވަކިވަކިން ޢަޒުމް އައު ކުރެއްވިއެވެ. މިގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފައިންނަށް ޢަޒުމް އައު ކޮށްދެއްވިއިރު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފުލުހުންނަށް ޢަޒުމް އައު ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް 6 ބޭފުޅަކަށް އެރުވިއެވެ. އަދި ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް 2 ބޭފުޅަކަށް އެރުވިއެވެ. މީގެއިތުރުން، ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލް 11 ބޭފުޅަކަށް ދެއްވިއެވެ.

ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިންގެ ޚިދުމަތް ތަރައްޤީކުރުމަށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދެ މުއައްސަސާއަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ