ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރ ކުރައްވައިފި

ދިވެހި ސިފައިންގެ އިސް އޮފިސަރެއްގެ ގޮތުގައި 37 އަހަރު ދުވަހުގެ ފަޚުރުވެރި ޚިދުމަތެއް ފުރިހަމަ ކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު މިއަދު ވަނީ ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.

ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޓީފުޅު ބްރިގޭޑިއަރ ޖެނެރަލް ނަޝީދާ ހަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ. އަދި އެމްއެންޑީއެފްގެ ސިޓީފުޅާއި އިޚްލާސްތެރި ޚިދުމަތުގެ ޑެކަރޭޝަން ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ބްރިގޭޑިއަރ ޖެނެރަލް ނަޝީދުގެ އަސްކަރީ ކެރިއަރުގައި، އެންމެ ފަހުން އަދާކުރެއްވި މަޤާމަކީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލް އަދި އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމެވެ. އޭނާގެ ޚިދުމަތުގެ ތެރޭގައި ސިފައިންގެ އެކި ޑިޕާޓްމަންޓްތަކުގައި އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.

ރިޓަޔަރމަންޓް ރަސްމިއްޔާތުގައި، ބްރިގޭޑިއަރ ޖެނެރަލް ނަޝީދުގެ 37 އަހަރުގެ ޚިދުމަތުގެ މައްޗަށް އެކުލަވާލެވުނު ޚާއްސަ ވީޑިއޯ ރިޕޯޓެއް ދެއްކުމާއެކު، އޭނާގެ އަސްކަރީ ޚިދުމަތުގެ ސައިޓޭޝަންވެސް ވަނީ އިއްވާފައެވެ. މި ރަސްމިއްޔާތުގައި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ.

ބްރިގޭޑިއަރ ޖެނެރަލް ނަޝީދުގެ ދިގު އަސްކަރީ ކެރިއަރުގައި، އޭނާ ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ޓްރާންސްޕޯޓް ސަރވިސް އަދި ސަޕްލައި ޔުނިޓް ފަދަ މުހިންމު ޔުނިޓްތަކުގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުތައްވެސް ފުރުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ