ދެ ހޮސްޕިޓަލެއްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކުރަން ބަޔަކާ ހަވާލުކޮށްފި

ނ.މަނަދޫ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު. ހެދުމަށާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މަނަދޫ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު. ހެދުމަށް އިޕޮކް އެޝޯސިއޭޓްސް އާއި 106000ރ (އެއްލައްކަ ހަހާސް ރުފިޔާ) އަށް ހަވާލުކޮށްފައިވަނީ 35 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ.

އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކުރުމަށް އެމް.ޓީ.ސީ.ސީ އާއި 176،244.40ރ (އެއްލައްކަ ހަތްދިހަ ހަހާސް ދުއިސައްތަ ސާޅީސް ހަތަރު ރުފިޔާ ސާޅީސް ލާރިއަށް) އަށް ހަވާލުކޮށްފައިވަނީ 28 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާ ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފައްޓަވާފައިވާއިރު، އޭގެ ތެރޭގައި ޞިއްޙީމަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރުމާއި، ޖާގައިގެ ދަތިކަން ހައްލުކުރުންވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ