އޭސީސީގެ މެންބަރުން މާލިއްޔަތު ކޮމެޓީގައި

ނިންމުނު 157 ގެ ތެރެއިން 156 މައްސަލައިގައި ކޮރަޕްޝަނެއް ނެތް - އޭސީސީ

2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ ނިންމި 157 މައްސަލައިގެ ތެރެއިން 156 މައްސަލައިގައި ކޮރަޕްޝަން އެކުނުލެވޭކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭސީސީ އިން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި 287 މައްސަލައެއް ހުށަހެޅުނުއިރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ހުށަހެޅިފައިވަނާީ 280 މައްސަލަ ކަމަށެވެ. އަދި ހުށަހެޅުނު 287 މައްސަލައިގެ ތެރެއިން 38 މައްސަލައެއް ނުބަލާ ދޫކޮށްލަން އޭސީސީ އިން ނިންމާފައިވާއިރު، ބަލަން ނިންމާފައިވަނީ 253 މައްސަލައެވެ.

މީގެ ތެރޭގައި އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 19 މައްސަލައެއް ހިމެނޭއިރު، ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޕްރޮކިޔުމެންޓާ ގުޅުންހުރި މައްސަލަތައް ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

156 މައްސަލައިގައި ކޮރަޕްޝަން އެކުނުލެވޭކަމަށް ނިންމާފައިވާއިރު، ކޮރަޕްޝަން އެކުލެވޭކަމަށް ނިންމި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ