ސިމްވާރ އިކޮނޮމިކްގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރަކަށް

އެމްޑީޕީ މީސް މީޑިއާ އެކްޓިސިންޓުންގެ ތެރެއިން ފާހަގަކޮށްލެވޭ އަޙްމަދު އަންވަރު (ސިމްވާރ) އަށް ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމެއް ދެއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޙްމަދު އަންވަރު (ސިމްވާރ) އައްޔަނުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރެއްވުމަށްފަހު ސިމްވަރު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، އެ މަޤާމަށް އޭނާ އައްޔަންކުރުމަކީ ލިބުނު އުފަލެއް ކަމަށާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހީވާގިކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުް ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ސިމްވާރ އަކީ 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ މީސްމީޑިއާ މީސްމީޑިއާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ.

މިނިވަން ނޫހުގައި ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ސިމްވާރ ވަނީ ރާއްޖޭގެ މަޝްހޫރު ބްރޭންޑެއްގެ މާކެޓިންގ މެނޭޖަރ ކަންވެސް ކުރައްވާފައެވެ.

މިއަދަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް 14 އަހަރު ފުރުނު މުނާސަބަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ