ލޮލަށް ބުޅި ހެރުނު މީހާ މާލެ ބާލަނީ - ފޮޓޯ؛ އެމްއެންޑީއެފް

ލޮލަށް ބުޅި ހެރުނު މަސްވެރިޔާ މާލެ ގެނެސްފި

މާކަނޑުގައި މަސްވެރިކަމަށް ނިކުމެ އޮތް ދޯންޏެއްގައި ހުއްޓާ ލޮލަށް ބުޅިއެއް ހެރި ޒަހަމްވި މީހާ އަވަސް ފަރުވާއަށް އެމްއެންޑީއެފް އިން މާލެ ގެނެސްދީފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވީ، "ދިރާސާ" ދޯނީގައި މަސްވެރިކަން ކުރަނިކޮށް ލޮލަށް ބުޅިއެއް ހެރިގެން ޒަހަމްވި މީހާ އިތުރު ފަރުވާއަށް އެމްއެންޑީއެފް ކޯސްޓްގާޑް ސީއެންބިއުލަންސްގައި މިރޭ 08:45 ހާއިރު މާލެ ގެނެސްދީފައިވާ ކަމަށެވެ.

ސީއެންބިއުލަސްގައި މާލެ ގެނައި މީހާ މިހާރު ވަނީ އަވަސް ފަރުވާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު ހެނދުނު 09:47 ހާއިރު އުމުރުން 57 އަހަރުގެ މި މީހާގެ ލޮލަށް ބުޅި ހެރުނު ހާދިސާގެ ރިޕޯޓް އެ ސަރވިސް އަށް ލިބުނުއިރު ފ.ފީއަލިއަށް ނިސްބަތްވާ "ދިރާސާ" ދޯނި އޮތީ އދ.މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ