ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ބިދޭސީންގެ ކޯޓާގެ ކަންކަން އަވަސް ކުރަނީ

ގަވާއިދާ ހިލާފަށް އެތެރެވެ މަސައްކަތް ކުރާ ބިދޭސީން މަދު ކުރަން ކޯޓާގެ ކަންކަން މިހާރަށްވުރެ ލުއި ކުރެވޭނެ ގޮތަށް ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ, ކޯޓާގެ ކަންކަން މިހާރު ލަސްވަމުން ދަނީ ކުރަން ޖެހޭ މަސައްކަތަށް މިނިސްޓްރީގައި އެކަށީގެންވާ ވަރަށް ވަސީލަތްތަކާއި މުވައްޒަފުން ނެތުމުން ކަމަށެވެ.

"ކޯޓާ އެޕްލައި ކުރީމަ އަޅުގަނޑުމެން އެބަ ޖެހޭ އެ ތަނެއް ބަލައި އިންސްޕެކްޝަނަށް ފޮނުވަން. މާލޭގައި އެ ކަން މި ކުރަނީ މިނިސްޓްރީން. ނަމަވެސް މިނިސްޓްރީގަ ނެތް އެ ވަރަށް މުވައްޒަފުންނެއް ނެތް. އެހެންވެ ލަސްތަކެއް ވޭ. ރަށްރަށުގައި އެ ކަން ކުރަނީ ކައުންސިލްތަކުން. އެހެންވެ ކައުންސިލްތަކުން އެކަންކޮށް އަޅުގަނޑުމެންނަށް ފޮނުވީމަ އިތުރަށް ކުރިއަށް މި ދެވެނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ކޯޓާގެ ކަންކަމަށް ގެންނާނެ އެއް ބަދަލަކީ މިނިސްޓްރީއަށް އެ ކަމެއް ހުށަހެޅުމުގެ ކުރިން ކައުންސިލަށް ހުށަހަޅައިގެން އިންސްޕެކްޓްކޮށް އެ ތަނުން ހުރިހާ ކަމެއް ކުރުމުން މިނިސްޓްރީން ހުއްދަ ދޫކުރާ ގޮތަށް ހަމަޖެއްސުމެވެ. އެއިރުން މިހާރަށްވުރެ ކޯޓާގެ ކަންކަން އަވަސްވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓާގެޓެއް އެއީ ހަތް ދުވަސް ތެރޭގައި ކޯޓާގެ ކަމަކާ ގުޅޭ ގޮތުން ނިންމަން ޖެހޭ ހުރިހާ ނިންމުމެއް ނިންމުން. އަދި ޓާގެޓެއް އެއީ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކާއި އެމްޕްލޯއިމަންޓް ކެންސަލޭޝަން ކުރުމުގައި ވެސް މަދުވެގެން ތިން ދުވަސް ތެރޭގައި އެ ކަމާ މެދު ގޮތެއް ނިންމުން. އަދި އެ ހިސާބަށް ނުދެވޭ. އެކަމަކު ޓާގެޓަކީ އެއީ." މިނިސްޓަރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ