ފެނަކައިގެ ހުރިހާ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް އިގުރާރެއްގައި ސޮއިކޮށްފި

ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ މުއަޒަފުން ކޮރަޕްޝަނާ ދެކޮޅަށް އިގުރާރެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ފެނަކަ ކޯޕަރޭޝަނުގެ ހެޑްއޮފީހުގެ ބޭރުގައި ބޭއްވި ހާއްސަ ރަސްމިޔާތެއް ފެނަކައިގެ ހުރިހާ ޑިޕާޓުމެންޓް ތަކުގެ ހުރިހާ މުއަޒަފުން ވަކިވަކިން ވަނީ މި އިގުރާރުގައި ސޮއިކޮށްފައެވެ.

މިއީ ސަރުކާރުގެ ވުޒާރާތައް ކޮރަޕްޝަނުގެ ވަކިތަނުން ސަލާމަތްކޮށް ނަޒާހަތްތެރި ތަންތަނަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގެންގުޅުވާ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ދަށުން ވެވުނު އިޤްރާރެކެވެ.

ކޮރަޕްޝަން ފަދަ ހަވާ ނަފުސުގެ ކަންކަމުން އެއްކިބާވުމަށްޓަކައި ކުރެވޭނެ ކަމަކީ އަބަދުވެސް ހެއްދެވި ފަރާތަށް ބަރޯސާވެ ތިމާގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުން ކަމަށް މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑު މި ކުންފުނީގެ ރައުސްމާލު ކަމަށްވާ މުއަޒަފުންގެ ކިބައިން މިއެދެނީ އަޅުގަނޑުމެން މިއަދު މި ސޮއިކުރާ ގަރާރާއެކު އަމަލީ ގޮތުން ވެސް މިކަން ސާބިތު ކޮއްދެއްވުން" އަހުމަދު ސައީދު ވިދާޅުވިއެވެ.

"ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ނަމުގައި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަން ރައީސް ޞޯލިޙް ވަނީ ތަކުރާރުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ