މީހުން މަރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުކުމަކީ ޤިޞާސްގެ ހުކުމް ކަމަށާއި، ވާރުތަވެރިންގެ މަޢާފާއި ނުލައި ވެރިމީހާއަށްވެސް މަރުގެ ހުކުމް މުގުރާނުލެވޭނެކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހަކު މަރާފައިވާ މީހަކަށް މަޢާފު ދެވޭނީ، ވާރިސުން މަޢާފު ދީފި ޚާލަތެއްގައި އެކަނި ކަމަށެވެ.
"އިސްލާމީ ޝަރީޢަތުގައި، މީހަކު މަރާފައި ހުންނަ މީހުންގެ ހުކުމަކީ ޤިޞާސްގެ ހުކުމް. އޭނާއަށް މަޢާފު ދެވޭނީ ވާރިސުން މާފުދީފިނަމަ އެކަނި. ވާރުތަވެރިންގެ ރުހުމާނުލައި އެ ހުކުމް މުގުރާނުލެވޭނެ ވެރިޔާއަށްވެސް. ނަމަވެސް ހުކުމް ސާބިތު ވީމާ އެ ތަންފީޒު ކުރާނީ ދައުލަތުން." ޢަލީ ޒައިދު ވިދާޅުވިއެވެ.
Islaamee shareeathugai, meehaku maraafa hunna meeheh ge hukumakee qisaas ge hukum. Eynaa ah maaf dheveynee vaarisun maafu dheefi nama ekani. vaaruthaveringe ruhumaa nulai e Hukum, mugraa nuleveyne veriyaa ah ves. Namaves Hukum Saabith v maa, e thanfeez kuraany dhaulathun.
— Ali Zaid (@alizaid1000) July 1, 2019
ޝައިޚް ޒައިދު މިހެން ވިދާޅުވިއިރު، އުމަރު ނަސީރު މިއަދު ވިދާޅުވެފައިވަނީ ލުޠުފީއަށް މަރުގެ ހުކުމް އިއްވަ ތަންފީޒުކުރިނަމަ މިއަދު މިކުޅޭ ޑްރާމާ ނުކުޅެވޭނެ ކަމަށެވެ.
ލުޠުފީއަށް އިއްވި މަރުގެ ހުކުމް ފަހުން ވަނީ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.
ލުޠުފީ 2010 ވަނަ އަހަރުން ފެށިގެން އަވަށްޓެރި ލަންކާގައި ފިލައިގެން އުޅުމަށްފަހު މިހާރު ހުރީ ލަންކަގައި ހުންނަ ދިވެހި އެމްބަސީގައެވެ. އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދަކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.



